ދިވެހިރާއްޖެ
މިއިދާރާގެ މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)232-PR/232/2025/24 އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 02 (ދޭއް) ފަރާތަކުންނެވެ. ހުށަހެޅިފައިވާ ބިޑްތައް، މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެމަތިން އެކުލަވާލާފައިވާ އިވެލުއޭޝަން ކޮމިޓީއާއި ބިޑް ކޮމެޓީން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު، މިމަސައްކަތް ތިރީގައިވާ ފަރާތާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް
ވިޔަފާރީގެ ނަން: ޝެލްޓަރ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
ހުށަހަޅާފައިވާ އަގު: 1,622,133.44ރ. (އެއްމިލިއަން ހަލައްކަ ބާވީސްހާސް އެއްސަތޭކަ ތިރީސްތިން ރުފިޔާ ސާޅީސްހަތަރު ލާރި)
މުއްދަތު: 45 (ސާޅީސް ފަހެއް) ދުވަސް
ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 2026 ފެބްރުއަރީ 01 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ. މި ތާރީޚްގައި ސްޓޭންޑް - ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން [email protected] އަށް އީ-މެއިލްއަށް ހުށަހަޅަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.