ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-HRS-IUL/2026/4
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 26 ފެބުރުވަރީ 2026 23:59
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގައި ކިޔަވައިދޭނެ "އެކްސްޓަރނަލް ޓްރެއިނަރސް ޕޫލް 2026" އަށް ފުރުޞަތު ހުޅުވާލުން

ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގައި ކިޔަވައިދޭނެ "އެކްސްޓަރނަލް ޓްރެއިނަރސް ޕޫލް 2026" އަށް ފުރުޞަތު ހުޅުވާލުން

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުތަކުގައި ތިރީގައިވާ ދާއިރާތަކުން ކިޔަވައިދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ. ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ އެކްސްޓަރނަލް ޓްރެއިނަރސް ޕޫލްގައި ކުރިން ރަޖިސްޓްރީވެފައިވާ ބޭފުޅުން ޓްރެއިނިންގ ޕޫލްގައި ރަޖިސްޓްރީ ވުމަށް އިތުރަށް އެޕްލިކޭޝަން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ. 

ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

    1- ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް

    2- ފައިނޭންސް މެނޭޖްމަންޓް

    3- ސްޓެޓިސްޓިކްސް އެންޑް ޑާޓާ އެނަލީސިސް

    4- އިންޓާނަލް އޮޑިޓް

    5- އެންޓަރޕްރެނަރޝިޕް

    6- ޕާސަނަލް ޑިވެލޮޕްމަންޓް

    7- އޮކިއުޕޭޝަނަލް ހެލްތް

    8- ފަސްޓް އެއިޑް

    9- ހެލްތް އެންޑް ސޭފްޓީ

   10- އެސެސްމަންޓް އެންޑް އިވެލުއޭޝަން

   11- ޕްރޮޖެކްޓް މެނޭޖްމަންޓް

   12- މައިކްރޯސޮފްޓް އޮފީސް 365 ޕެކޭޖް

   13- އިންފޮމޭޝަން ޓެކްނޮލޮޖީ

   14- ސައިބަރ ސެކިއުރިޓީ

   15- އޮޓޯ ކެޑް

   16- ގްރެފިކްސް ޑިޒައިން

   17- ޓްރެއިނަރ ސްކިލްސް

   18- ސޮފްޓް ސްކިލްސް

   19- ކޯޗިންގ ސްކިލްސް އެންޑް މޮނިޓަރިން

   20- ޕަބްލިކް ސްޕީކިންގ

   21- ޖެންޑަރ އީކުއަލިޓީ

   22- މެނޭޖްމަންޓް އެންޑް ލީޑަރޝިޕް

   23- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް

   24- ޕަބްލިކް އެޑްމިނިސްޓްރޭޝަން

   25- ޕަބްލިކް ޕޮލިސީ

   26- ގަވަރނަންސް

  27- ޕަބްލިކް ރިލޭޝަންސް

   28- ސޯޝަލް މީޑިއާ މާކެޓިންގ

   29- ކަސްޓަމަރ ސަރވިސް

   30- ސްޓްރެޓެޖިކް މެނޭޖްމަންޓް

   31- ކޮމްޕްލަޔަންސް އެންޑް އެތިކްސް

   32- ރިސާޗް ސްކިލްސް

   33- ސައިކޮލޮޖީ

   34- ވޯކް އެތިކްސް

   35- ހޮސްޕިޓަލިޓީ މެނޭޖްމަންޓް

   36- ކަރިކިއުލަމް ޑިވެލޮޕްމަންޓް

   37- މީޑިއާ އެންޑް ޕަބްލިކް ސްޕީކިންގ

   38- ދިވެހި ބަސް

   39- އިނގިރޭސި ބަސް

   40- ޕްރޮޖެކްޓް ޕްރޮޕޯސަލް އެންޑް ރިޕޯޓް ރައިޓިންގ

   41- ކޮމިއުނިކޭޝަން ސްކިލްސް

   42- ޓީމް ބިލްޑިންގް

ޝަރުތު:

ޚިޔާރު ކުރައްވާ ދާއިރާއަކުން ދަށްވެގެން ބެޗެލާރސް ޑިގުރީ ނުވަތަ ދާއިރާއިން ސަރޓިފައިޑް ލައިސަންސްއެއް ޙާޞިލްކޮށްފައިވުމާއެކު ކިޔަވައިދިނުން/ޓްރޭނިންގ ދިނުމުގެ ތަޖްރިބާ ލިބިފައިވުން  

މަސްޢޫލިއްޔަތު:

  1- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކަނޑައަޅާ ޓްރެއިނިންގތައް ތާވަލުކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދިއުން

  2- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކަނޑައަޅާ ތާރީޚެއް/ތާރީޚުތަކެއްގައި ކަނޑައަޅާ ގޮތެއްގެމަތިން ކުރިއަށް ގެންދިއުން

އުޖޫރަ:

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ޓްރެއިނިންގް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާނީ ގަޑިއިރަކަށް 200 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އުޖޫރައެކެވެ.

ޓްރޭނަރސް ހޮވުމުގައި ބެލެވޭނެ މައިގަނޑު ބައިތައް: 

  -  ލިބިފައިވާ ތަޢުލީމް

  -  ކިޔަވައިދިނުމުގެ ތަޖްރިބާ

އަތޮޅުތަކުގައި ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކަށް ޓްރެއިނަރުން ފޮނުވުމުގައި އެއަތޮޅެއްގެ ނުވަތަ އެއަތޮޅާއި ކައިރި އަތޮޅުތަކުގައި މަސައްކަތްކުރައްވާ ޓްރެއިނަރުންނަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  - ފުރިހަމަ ކޮށްފައިވާ ފޯމް

  -  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

  -  ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު

  -  ތަޢުލީމީ ސެޓްފިކެޓްތަކުގެއާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓެޑް ކޮޕީސް

  -  ލިބިފައިވާ ޓްރޭނިންގ ހިންގުމުގެ ނުވަތަ ކިޔަވައިދިނުމުގެ ތަޖްރިބާގެ ލިޔުންތައް

ސުންގަޑި:

މި ކަމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307358 ނަންބަރު ފޯނާ ނުވަތަ އެޗް.އާރު. ހޮޓްލައިން 7598991 މޮބައިލަށެއެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

26 ޖަނަވަރީ 2026