ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2026/7
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 03 ފެބުރުވަރީ 2026 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ޓްރެޜަރީ މެނޭޖްމަންޓް އެނަލިސްޓް

އިޢުލާނު

 

މަޤާމު:

ޓްރެޜަރީ މެނޭޖްމަންޓް އެނަލިސްޓް

މަޤާމުގެ ނަންބަރު:

J-440174

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ 

މަޤާމުގެ ރޭންކު:

ޕީ.އެސް.އާރް 8   

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެސެޓް އެންޑް ޓްރެޜަރީ މެނޭޖްމަންޓް ސެކްޝަން، ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިޕާޓްމަންޓް، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، ކ. މާލެ

އަސާސީ މުސާރަ:

12,790.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

5,965.00 ރުފިޔާ 

ހާޒިރީ އިނާޔަތް:

160.00 ރުފިޔާ  (ކަނޑައަޅާފައިވާ އުޞޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުން އެކި ފަރާތްތަކަށް ދޫކުރުމަށް ކަނޑައަޅާ ލޯނުތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ދޫކުރުމާއި، އެ ލޯނުތަކާބެހޭ ހިސާބުތައް ބެލެހެއްޓުން.
  2. ސަރުކާރުގެ ލޯނަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްއާއި، ފީސިބިލިޓީ ރިޕޯޓް ބަލައި، ރިވިއުކުރުން
  3. ސަރުކާރުން ދޫކުރު ލޯނުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ރިޕޯޓް އެކުލަވައިލައި، އެ ހުށަހެޅުންތަކަކީ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ދައުލަތުން ލޯނެއް ދިނުން އެކަށީގެންވާ ސަބަބެއްކަން ކަށަވަރުކުރުން
  4. ސަރުކާރުން ދޫކުރާ ލޯނުތަކުން ދައުލަތަށް ލިބޭނޭ ފައިދާއާއި، މަންފާ ބަޔާންކުރުމުގެ އިތުރުން، ލޯނު ދޫކުރުމުގެ ސަބަބުން މާލީގޮތުންނާއި އިޤްތިޞާދީގޮތުން ދައުލަތަށް ކުރާނެ އަސަރު ތަކުގެ ރިޕޯޓް ތައްޔާރުކުރުން
  5. ސަރުކާރުން ދޫކޫރާ ލޯނުތަކަށް މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ހުއްދަ ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  6. ސަރުކާރުން ދޫކުރާ ލޯނުތަކުގެ އެއްބަސްވުންތައް، ޤާނޫނީ ލަފާގެ މަތިން ތައްޔާރުކުރުމާއި ދެ ފަރާތުގެ މެދުގައި ސޮއި ކުރުމުގެ އެންމެހައި މަސައްކަތްތައް ފުރިހަމަ ކުރުން
  7. ސަރުކާރުން ދޫކުރާ ލޯނުތަކުގެ އެއްބަސްވުންތަކުގައި ލޯނާއިގުޅޭ އެންމެހައި މަސައްކަތްތަކާއި ތަފްސީލުތައް ހިމެނިފައިވާކަން ކަށަވަރުކުރުން
  8. ސަރުކާރުން ދޫކުރާ ލޯނެއް މައާފްކޮށް ދިނުމަށް އެދި ހުށަހެޅިފައިވާނަމަ، އެއާއިގުޅޭ އެންމެހައި ކަންތައްތައް ބަލައި ރިޕޯޓްތަޔާރުކޮށް ރައީސުލްޖުމްހޫރިއްޔާގެ ލަފާއާއި އެއްގޮތަށް މަސައްކަތްކުރުން
  9. މައާފްކޮށްދެވޭ ލޯނުތަކުގެ ހިސާބު ބަލަހައްޓައި، މާފްކުރެވޭ ލޯނުތަކުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކަށް ފޮނުވުން
  10. އޮފީހުގެ މަސައްކަތާގުޅޭ ގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

 

 1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ،

 2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް: 

  1. އެކައުންޓިންގ  
  2. އެކައުންޓިންގ އެންޑް ފައިނޭންސް  
  3. އޮޑިޓް އެންޑް ރިސްކް މެނޭޖްމަންޓް  
  4. ބޭންކިންގ  
  5. ބިޒްނަސް  
  6. ކޮމާރސް  
  7. އިކޮނޮމިކްސް  
  8. އިކޮނޮމިކްސް އެންޑް ފައިނޭންޝަލް ރިސްކް މެނޭޖްމަންޓް  
  9. ފައިނޭންސް  
  10. ފައިނޭންޝަލް އެނަލިސިސް އެންޑް ފަންޑް މެނޭޖްމަންޓް  
  11. ފައިނޭންޝަލް އިކޮނޮމިކްސް  
  12. ފައިނޭންޝަލް އިންޖިނިއަރިންގ  
  13. ފައިނޭންޝަލް އިންޖިނިއަރިންގ އެންޑް ރިސްްކް މެނޭޖްމަންޓް  
  14. ފައިނޭންޝަލް މެނޭޖްމަންޓް  
  15. ފައިނޭންޝަލް މާކެޓްސް  
  16. ފައިނޭންޝަލް ޕްލޭނިންގ  
  17. ފައިނޭންޝަލް ރިސްކް މެނޭޖްމަންޓް  
  18. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  19. އިސްލާމިކް ފައިނޭންސް  
  20. ޕަބްލިކް ފައިނޭންސް  
  21. ރިސްކް މެނޭޖްމަންޓް 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޕަބްލިކް ފައިނޭންސް، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް މާކެޓްސް، ފައިނޭންޝަލް ޕްލޭނިންގ، ބޭންކިންގ، އިސްލާމިކް ފައިނޭންސް، އިސްލާމިކް ބޭންކިންގ އެ ންޑް ފައިނޭންސް، ފައިނޭންޝަލް އިންޖިނިއަރިންގ، ފައިނޭންޝަލް އިކޮނޮމިކްސް، އިކޮނޮމިކްސް، ކޮމާސް، ބިޒްނަސް. ރިސްކް މެނޭޖްމަންޓް، ފައިނޭންޝަލް ރިސްކް މެނޭޖްމަންޓް، އިކޮނޮމިކްސް އެންޑް ފައިނޭންޝަލް ރިސްކް މެނޭޖްމަންޓް، ފައިނޭންޝަލް އިންޖިނިއަރިންގ އެންޑް ރިސްކް މެނޭޖްމަންޓް، އޮޑިޓް އެންޑް ރިސްކް މެނޭޖްމަންޓް، ފައިނޭންޝަލް އެނަލިސިސް އެންޑް ފަންޑް މެނޭޖްމަންޓ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ފެބުރުވަރީ 2026 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 04 ފެބުރުވަރީ 2026 އާއި 19 ފެބުރުވަރީ 2026 އާ ދެމެދު، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ ގައެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

26 ޖަނަވަރީ 2026