ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2026/09
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި:
02 ފެބުރުވަރީ 2026 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުޅަނގު ފަރާތު ވިލުތެރެއަށް އަޑިއަށް ގޮސްފައިވާ ޔޮޓުގެ ވެރިފަރާތެއް ހޯދުމާއި ގުޅޭ
އިޢުލާން
ކ.ހިންމަފުށި ހުޅަނގު ފަރާތު ވިލުތެރެއަށް އަޑިއަށް ގޮސްފައިވާ ވެރިޔަކު ނޭނގޭ ޔޮޓެއްގެ މަޢުލޫމާތު މި ކައުންސިލަށް ސާފުކުރަން ބޭނުންވެއެވެ. އަދި މި ސަރަހައްދުން ދަތުރުކުރާ އެންމެހައި އުޅަނދު ފަހަރު ދަތުރުކުރާއިރު މިކަމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް ދަންނަމަމެވެ.
ވީމާ 7 ދުވަހުގެ މުއްދަތުގެ ތެރޭގައި މި ކައުންސިލްއަށް މިޔޮޓުގެ މައުލޫމާތު ހިއްސާކޮއް މިޔޮޓު މި ސަރަހައްދުން ނެންގެވުމަށް ދަންނަވަމެވެ. މިގޮތުން 7 ދުވަސް ތެރޭގައި މިޔޮޓު ނުނަގާނަމަ ވެރިފާރާތެއްނެތް ތަކެތި ކަމުގައިބަލާ ހަމަޖެހިފައިވާ އުސޫލުގެ މަތިން ނައްތާލެވޭނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
މިޔޮޓު އަދި ސަރަހައްދު ދައްކުވައިދޭ ޗާޓުގެ ފޮޓޯ އިއުލާނާއެކު އާންމުކުރީމެވެ.
21 ޖަނަވަރީ 2026