ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2026/3
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 08 ފެބުރުވަރީ 2026 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކައުންސިލްގެ ޤުރުއާން މުބާރާތް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުން

ބަނޑިދޫ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި، ތަޖުވީދުގެ މަގަށް ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމުގެ މަޤުޞަދުގައި ކޮންމެ އަހަރެއްގެ ރަމަޟާންމަހު މިކައުންސިލުން އިންތިޒާމުކޮށް ބާއްވަމުންއަންނަ ޤުރުއާން މުބާރާތް މިއަހަރުވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް މިމުބާރާތް ފުރިހަމަ ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެކިއެކި ފަރާތްތަކުގެ އެހީއާއި މަދަދު ބޭނުންވާ ހިނދު މުބާރާތް ސްޕޮންސަރ ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 މި މުބާރާތުގެ ޓައިޓަލް ސޮޕޮންސަރ ކުރުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 50،000.00ރ (ފަންސާސްހާސް ރުފިޔާ) އެވެ. އަދި  ކޯރ ސޮޕޮންސަރ ގޮތުގައި އެފަރާތަކުން ބޭނުންވާ އަގެއް ހުށަހެޅިދާނެއެވެ.

 ވީމާ، މި މުބާރާތް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކުން 08 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީގައި ސްޕޮންސަރ ކުރަން ހުށަހަޅުއްވާ އަގު ހިމެނުމަށް ދަންނަވަމެވެ. ޓައިޓަލް ސްޕޮންސަރ ގޮތުގައި އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކުން ހުށަހަޅުއްވައިނަމަ މުބާރާތް ހިންގާނީ އެންމެ ބޮޑު ސްޕޮންސަރ އެއް ހުށަހެޅުއްވި ފަރާތުގެ ނަމުގައެވެ.

25 ޖަނަވަރީ 2026