ތަމްރީނު
ނަންބަރު: MNU-CA-RG/2026/1
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:53
ސުންގަޑި: 26 މާރިޗު 2026 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) ކޯހަށް އިޢުލާން ކުރުން

އިޢުލާން

 

ތިރީގައި މިވަނީ މިޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްގައި 2026 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސްއަށް ކިޔެވުމުގެ ފުރުސަތުތަކާބެހޭ މަޢުލޫމާތެވެ. ޕީ.އެޗް.ޑީއަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 ކޯހާ ބެހޭ އިތުރު މަޢުލޫމާތު  ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv  އިން ލިބެން ހުންނާނެއެވެ. ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ އަލްފާޟިލް އާސިމް ޢަބްދުއް ސައްތާރު (ފޯން: 3345281، އީމެއިލް: [email protected]) އަށެވެ.

 

 ފެކަލްޓީ އޮފް އާރޓްސް

 

 

 ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް)

ތަޢާރަފު

އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް)ގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށް ތިރީގައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއެއް، އިޚްތިޔާރު ކުރެވިދާނެއެވެ.

  • މާދަރީބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ތަރައްޤީވާގޮތް - First language acquisition and development
  • ދެވަނަބަހެއް ދަސްކުރުމާއި ތަރައްޤީވުން - Second language acquisition and learning 
  • ދެބަސް ނުވަތަ ގިނަ ބަސް ބޭނުންކުރާ މުޖުތަމަޢެއްގައި ބަސްބޭނުންކުރާގޮތް - Bilingualism 
  • ބަހުގެ ސިޔާސަތުތައް ކަނޑައަޅައި ރާވައި ހިންގުން - Language Policy and Planning   
  • ބަހުގެ ފެންވަރުބެލުން - Language Assessment 
  • ދިވެހިބަހުގެ ސްޓްރަކްޗަރ - Structure of Dhivehi Language
  • ލިޔުންތެރިކަމާއި ވާހަކަދެއްކުމާއި މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުން - Analysis of written, spoken and multimodal texts

 

ކޯހުގެ މުއްދަތު: 3-6 އަހަރު (ފުލްޓައިމް ކޮށް އެންރޯލްކުރެވޭނީ ކެމްޕަސްއަށް ހާޒިރުވެ ކިޔަވަން ގަސްދުކުރާ ދަރިވަރުންނެވެ.)

 

ކޯހަށް ވަނުމުގެ ޝަރުޠު

  1. އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި
  2. ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.އީ އިމްތިހާނުން އިނގިރޭސިބަހުން ފާސްވެފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިހާނުން ދަށްވެގެން 6.5 ލިބިފައިވުން ނުވަތަ އެއާ އެއްފެންވަރުގެ އިނގިރޭސިބަހުގެ ފާހެއް އޮތުން
  3. ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. އަދި
  4. ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން.
  • މާސްޓަރސް ޑިގްރީ ހާސިލުކުރުމުގެ ތެރޭގައި 1 އަހަރު ދުވަހުގެ (120 ކްރެޑިޓްސްގެ) ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ހުށަހަޅާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  • ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީ ގެ ސަނަދާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ
  • ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީގެ ގްރޭޑިންގ ކްރައިޓީރިއާ
  • ރިސާރޗް ޕްރޮޕޯސަލް
  • ހުށަހަޅާ ފަރާތުގެ ވަނަވަރު
  • އެޕްލިކޭޝަނަށް ބާރުދޭ އެހެނިހެން ލިޔެކިޔުން

 

އިތުރު މަޢުލޫމާތު

  • ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

    Statement of Intent Information of PhD_Dhivehi.pdf

 

  • ކޯހުގެ ފީ އަކީ 93600.00 (ނުވަދިހަ ތިން ހާސް ހަސަތޭކަ) ރުފިޔާ އެވެ. ފީ އާއި ބެހޭ އިތުރު ތަފްސީލު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.

   http://mnu.edu.mv/course-fees

 

  • މި ކޯހަށް ދަރިވަރުން ހޮވާނީ ޔުނިވަރސިޓީގެ ހަޔަރ ޑިގްރީސް ކޮމިޓީއިންނެވެ. ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ ދަރިވަރުގެ ތަޢްލީމީ ފެންވަރާއި (ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ ފެންވަރު) މާސްޓަރސް ކޯހުގައި ދިރާސީ މާއްދާތައް ކިޔަވާފައިވާ މިންވަރާއި، އިތުރު ދިރާސީ މަސައްކަތް (ރިސާރޗް ޕޭޕަރ/ކޮންފަރެންސް ޕޭޕަރ/އެހެނިހެން ޕަބްލިކޭޝަން) ކުރެވިފައިވާ މިންވަރާއި، އަދި އެޕްލިކޭޝަނާއިއެކު ހުށަހަޅާ ރިސާރޗް ޕްރޮޕޯސަލްގެ ފެންވަރަށެވެ.
  • ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ ފެންވަރު ކަނޑައަޅާނީ މި ދެ ކޯހުގެ ސީ.ޖީ.ޕީ.އޭ އަށް ބަލައިގެންނެވެ. ސީ.ޖީ.ޕީ.އޭ ލިޔެފައި ނުހުންނަ ޓްރާންސްކްރިޕްޓެއް ނަމަ ސީ.ޖީ.ޕީ.އޭ ކަލްކިއުލޭޓް ކުރުމުގައި ބަލާނީ މި ޔުނިވަރސިޓީގައި ސީ.ޖީ.ޕީ.އޭ ކަނޑައަޅާ އުސޫލަށެވެ.
  • އެޕްލިކޭޝަނާއި އެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލް ވާނެއެވެ.

 

 

 

22 ޖަނަވަރީ 2026