މަސައްކަތް
ނަންބަރު: (IUL)298/298/2026/6
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 29 ޖަނަވަރީ 2026 11:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ ދިޔަދޮވި ބަދަލުކުރުމާއި ނަލަފިލާ ޖެހުން

މިރަށު މިސްކިތްތަކުގައި ( މަސްޖިދުލް ހުދާ، މަސްޖިދުލް ހިދާޔާ، މަސްޖިދުލް ފަލާހް އަދި މަސްޖިދުލް އަދާލަތު)، ހަލާކުވެފައި ހުރި ދިޔަ ދޮވި ނަގައި އައު ދިޔަ ދޮވި ހަރުކުރުމާއި، ކުރިން ޖަހާފައިވާ ނަލަފިލާ ނަގާ އައު ނަލަފިލާ ޖެހުމުގެ މަސއްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

 މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 2026 ޖަނަވަރީ  21 ވާ ބުދަ ދުވަހުން ފެށިގެން 2026 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން https://forms.office.com/r/LaL3yjENDj  މިލިންކްގައިވާ ފޯމް ފުރިހަމަކުރަންވާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.

ބައްދަލުވުން

ތާރީޚް

ގަޑި

ބީލަމާބެހޭ މަޢުލޫމާތު ދިނުން

26 ޖަނަވަރީ 2026 (ހޯމަ)

11:00

އަންދާސީ ހިސާބު ހުށަހެޅުން

29 ޖަނަވަރީ 2026 (އަންގާރަ)

11:00

އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފައިރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި އާންމު ފަރުދުންނަށެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

22 ޖަނަވަރީ 2026