ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2026/6
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 29 ޖަނަވަރީ 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯރޓްސް އެރީނާގެ ފުޓުސެލް ދަނޑުގެ ދެކުނުފަޅީގައިހުރި ރުއްތަކުގެ މިލްކުވެރިފަރާތް ހޯދުން

ސްޕޯރޓްސް އެރީނާގެ ފުޓުސެލް ދަނޑުގެ ދެކުނުފަޅީގައިހުރި ރުއްތަކުގައި މިހާރުވާނީ ރަތްކުލައިގެ ސްޕްރޭ ދަވާދުން ބޮޅެއްއަޅައި 01 އިން 67 އަށް ނަންބަރު ޖަހާފައެވެ.   

ވީމާ، މިރުއްތަކުގެ ވެރިފަރާތްތަކުން ޖަހާފައިވާ ނަންބަރު ނޯޓުކޮށް މިލްކުސާބިތުކުރި ފަތުގެ ސާފު ކޮޕީއަކާއި އެކު  29 ޖަނަވަރީ 2026 ވާ (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އިތުރު މަޢްލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 7775791 ، 7887792 އަށް ގުޅުއްވުން އެދެމެވެ.

22 ޖަނަވަރީ 2026