ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)1-CSO(FM)/1/2026/9
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 27 ޖަނަވަރީ 2026 10:30
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ޓަވަރ ވަރކްސްޓޭޝަން ވިއްކާނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހަށް ބޭނުންވާ ޓަވަރ ވަރކްސްޓޭޝަން ވިއްކާނެ ފަރާތެއް ހޯދުން

މި އޮފީހަށް ބޭނުންވާ، 1 ޓަވަރ ވަރކްސްޓޭޝަން ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ޓަވަރ ވަރކްސްޓޭޝަން ވިއްކުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް މިދަންނަވާ މައުލޫމާތު، 2026 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން މޭލު ކުރުން އެދެމެވެ. މައުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީ-މޭލު:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މައުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ. 

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2026 ފެބުރުވަރީ 2 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

3 ޝަޢުބާން 1447

 

22 ޖަނަވަރީ 2026