ދިވެހިރާއްޖެ
މި ވުޒާރާއަށް ބޭނުންވާ ޓޯނަރ-ކާރޓްރިޖް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)472/472/2026/3 (11 ޖަނަވަރީ 2026) ޢިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ އަލުން އިއުލާން ކުރަމެވެ.
ވީމާ، މިތަކެތި ސަޕްލައިކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ، އުމަރު ޒާހިރު އޮފީސް އިމާރާތް (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 03 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.
އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.