ދިވެހިރާއްޖެ
ބ.ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ބ. ގޮއިދޫ ކައުންސިލް ގުޅިގެން 1447 ވަނަ އަހަރުގެ ރަމަޟާންމަހު މަދަޙަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ބ.ގޮއިދޫގައި ރައްވެހިވެފައިވާ ފަރާތްތަކާއި، ގޮއިދޫގެ ރައްވެހިންނާއި އިނދެގެން އުޅޭ ފަރާތްތަކާއި އަދި އެހެން ރަށެއްގައި ރައްވެހިވެފައިވާ ވީނަމަވެސް، ގޮއިދޫގެ ރައްވެއްސެއްގެ ދަރިންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވިފައިވާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 05 މާރިޗް 2026 ވާ ބުރާސްފަތިދުވަހުން ފެށިގެންނެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 01 ފެބުރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިންނެވެ.
ވީމާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ތިރީގައިވާ ނަންބަރުތަކަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
9171049، 9180011
މިމުބާރާތުގެ އިނާމްތައް:
ސްކޫލް ކުދިން އަދި އާންމުންގެ ބައި ވަކިވަކި މަދަޙަ:
1 ވަނަ 1000 ރުފިޔާ
2 ވަނަ 700 ރުފިޔާ
3 ވަނަ 500 ރުފިޔާ
ގްރޫޕް މަދަޙަ:
1 ވަނަ 4000 ރުފިޔާ
2 ވަނަ 3000 ރުފިޔާ
3 ވަނަ 2000 ރުފިޔާ
މުޅި މުބާރާތުން:
1 ވަނަ (މަދަޙަ ރަން އަޑު) 3000 ރުފިޔާ
2 ވަނަ 2000 ރުފިޔާ
3 ވަނަ 1000 ރުފިޔާ
މިމުބާރާތުގެ ކެޓަގަރީތައް:
ސްކޫލް ކުދިންގެ ބައި: (ބައިވެރިވާ ކުދިން ހުށަހަޅާނީ ވަކި ވަކި މަދަހައެވެ.)
- ގްރޭޑް: 1.2.3
- ގްރޭޑް:4.5.6
- ގްރޭޑް: 7.8.9.10
އާންމުންގެ ބައި:
- 16 އަހަރުންމަތީގެ ކޮންމެ ފަރުދަކަށްވެސް ވަކިވަކި މަދަހަ ހުށަހެޅޭނެއެވެ.
ގްރޫޕް މަދަޙަ:
މިބައިގައި ހުށަހެޅޭނީ ގްރޫޕް މަދަހައެވެ. ގްރޫޕެއްގައި މަދުވެގެން 16އަހަރުން މަތީގެ 5ބައިވެރިން ހިމަނަންވާނެއެވެ. މި ކެޓެގަރީގެ ބައި ކުރިއަށް ގެންދެވޭނީ މަދުވެގެން 3 ގްރޫޕް ބައިވެރިވެގެންނެވެ.
ނޯޓް: ހުށަހަޅާ މަދަޙައިގައި، އެންމެ ކުރުވެގެން މައިގަނޑާއި 2 ކަޑި ހިމަނަންވާނެއެވެ.
އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 9171049، 9180011
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.