ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)220-AS/1/2026/04
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:29
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ – ފަޔަރވޯލް، ސިސްކޯ ނެކްސަސް ސްވިޗް މެއިންޓެނެންސް އަދި ފޮރޓިސިއެމް ލައިސަންސް އައުކުރުން
މި އޮތޯރިޓީއަށް ތިރީގައި މި ދަންނަވާ ތަކެތި/ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- WAF support renewal
- Cisco Nexus Switch Maintenance Support Renewal
- FortiSIEM License and Support renewal
ވީމާ، މި ތަކެތި/ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
|
ތާރީޚް |
ދުވަސް |
ވަގުތު |
|
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
26 ޖަނަވަރީ 2026 |
ހޯމަ |
12:00 |
|
އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން |
1 ފެބުރުވަރީ 2026 |
އާދިއްތަ |
10:00 |
- ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ލިންކް: https://forms.office.com/r/MFgdxjZYfx
- މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
- ބީލަމުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ރަޖިސްޓަރީ ކޮށްފައިވާ އީމެއިލަ ފޮނުވޭނެވެ.
- ބީލަން ތައްޔާރުކުރަންވާނީ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
- މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3019608 އަށް ގުޅުއްވުން އެދެމެވެ.
20 ޖަނަވަރީ 2026