ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-BC/182/2026/1
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި:
05 ފެބުރުވަރީ 2026 00:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރާއްޖެ އެތެރެކުރާ ކާބޯތަކެއްޗަށް ހެލްތު ސެޓްފިކެޓް ހުށަހެޅުމާއި ގުޅޭ
އިޢުލާން
މި އޮތޯރިޓީގެ އިޢުލާން ނަންބަރު (IUL)182-BC/182/2025/4 އާއި (IUL)182-BC/182/2025/34 ޙާވާލާދީ ދަންނަވަމެވެ. ރާއްޖެ އިމްޕޯޓު ކުރާ ކާބޯތަކެއްޗަށް ހުށަހަޅަމުންދާ ހެލްތު ސެޓްފިކެޓްތަކުގައި ހިމަނަންޖެހޭ މަޢުލޫމާތު ކޮޑެކްސް އެލިމެންޓޭރިއަސްގެ މިންގަޑަށް ގެނައުމަށް ދީފައިވާ މުއްދަތު 31 މާރިޗު 2026 ވަނަ ދުވަހާއި ހަމައަށް ވަނީ އިތުރުކޮށްފީމެވެ.
ވީމާ، މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަނުވާ ހެލްތު ސެޓްފިކެޓާއިއެކު ރާއްޖެ އިމްޕޯޓު ކުރާ ބާވަތްތަކަށް 31 މާރިޗު 2026 ގެ ފަހުން ހެލްތު ކުލިއަރެންސް ނުދޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
19 ޖަނަވަރީ 2026