ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-MS/266/2026/11
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 08:16
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިކަމާ ގުޅުންހުރި މަޢުލޫމާތު ބަދަލުކޮށްދިނުން ވަގުތީގޮތުން މެދުކަނޑާލުމާ ގުޅޭ

   ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލެވިފައިވާ މުއްދަތު 18 ޖަނަވަރީ 2026 ގައި ހަމަވެފައިވާތީ، މިއަދަށް ފަހު ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓަށް އުނިއިތުރު ގެނެވެން ނޯންނާނެތީ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފޯރުކޮށްދެމުންދާ ޚިދުމަތް ތަކުގެ ތެރެއިން ރަށްވެހިންގެ ރަޖިސްޓަރީ އަށް ގެނެވޭ ބަދަލުތައް އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކަށް 05 އޭޕްރީލް 2026 ގެ ނިޔަލަށް މެދުކަނޑާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

19 ޖަނަވަރީ 2026