ދިވެހިރާއްޖެ
|
ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕް 2026-2027 (ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ފުރުޞަތު) |
||
|
ޤައުމު: ޗައިނާ |
ބެޗްލަރސް ޑިގްރީ މާސްޓަރސް ޑިގްރީ ޕީ.އެޗް.ޑީ |
ކޯހުގެ ލެވެލް: |
|
ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން އޮފަރކުރާ ދާއިރާތައް https://www.campuschina.org |
ކޯހުގެ ދާއިރާ: |
|
|
ބެޗްލަރސް ޑިގްރީ 1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. 2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކުރައްވާފައިވުން. 3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކޮށްފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ށ.IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި ނ.TOEFL 550 އިން ފެށިގެން މަތި. ރ. ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް. 4. އެމްބީބީއެސް / ޑެންޓިސްޓްރީ އަށް ކުރިމަތިލާ ކެންޑިޑޭޓުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވުން. 5. ސީ.އެސް.ސީ.އޭ (ޗައިނާ ސްކޮލަސްޓިކް ކޮމްޕިޓެންސީ އެސެސްމެންޓް) އިމްތިހާން ފުރިހަމަކޮށްފައިވުން. 6. 10 ފެބުރުވަރީ 2026 ގެ ނިޔަލަށް 25 އަހަރުވެފައިނުވުން. 7. ޗައިނާ ބަހުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކަށް ކުރިމަތިލާކަމުގައި ވަނީނަމަ HSK ލެވެލް 3 ހާސިލު ކޮށްފައިވުން.
މާސްޓަރސް ޑިގްރީ 1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2. 10 ފެބުރުވަރީ 2026 ގެ ނިޔަލަށް އުމުރުން 35 އަހަރުވެފައިނުވުން. 3. ޗައިނާ ބަހުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކަށް ކުރިމަތިލާކަމުގައި ވަނީނަމަ HSK ލެވެލް 4 ހާސިލު ކޮށްފައިވުން.
ޕީ.އެޗް.ޑީ 1. ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2. 10 ފެބުރުވަރީ 2026 ގެ ނިޔަލަށް އުމުރުން 40 އަހަރުވެފައިނުވުން. 3. ޗައިނާ ބަހުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކަށް ކުރިމަތިލާކަމުގައި ވަނީނަމަ HSK ލެވެލް 4 ހާސިލު ކޮށްފައިވުން.
އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ އެންމެ މަތީ ފާހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. |
ކޯހުގެ ޝަރުތު: |
|
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި. 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައި). 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް، ޗައިނާ ބަސް ނޫން އެހެން ބަހަކުން ތައްޔާރުކުރެވިފައިވާ ޓްރާންސްކްރިޕްޓްތަކުގެ ޗައިނީޒް ނުވަތަ އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައިވާ ޓްރާންސްކްރިޕްޓް.) 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. 4. ސީ.އެސް.ސީ.އޭ (ޗައިނާ ސްކޮލަސްޓިކް ކޮމްޕިޓެންސީ އެސެސްމެންޓް) ސްކޯރ ރިޕޯޓް ނުވަތަ ސީ.އެސް.ސީ.އޭ އިމްތިހާން ފުރިހަމަކޮށްފައިވާކަމުގެ ލިޔުން ނުވަތަ ސީ.އެސް.ސީ.އޭ އިމްތިހާނަށް ރެޖިސްޓަރ ވެފައިވާކަމުގެ ލިޔުން (ބެޗްލަރސް ޑިގްރީއަށް އެޕްލައި ކުރާ ފަރާތްތަކުން) 5. މެޑިސިން ދާއިރާއިން ސްޕެޝަލައިޒްވާން ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާކަން އަންގައިދޭ ލިޔުން. 6. ސްކޮލަރޝިޕާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ އިންފޮމޭޝަން ޝީޓް ނުވަތަ ޗައިނީޒް ގަވަރމެންޓް ސްކޮލަރޝިޕް ވެބްސައިޓުގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން. 7. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން ކެންޑިޑޭޓް މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 8. މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ، ކެންޑިޑޭޓްގެ ލިޔުމެއް. 9. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަން ބަޔާންކުރާ، ކެންޑިޑޭޓްގެ ލިޔުމެއް. |
ހުށަހަޅަންޖެހޭ ތަކެތި: |
|
|
- މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މި މިނިސްޓްރީއިން ނޮމިނޭޓް ކުރާނެއެވެ. އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ. - މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝުރެންސް އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. (ލިބޭ އެލަވަންސްތަކުގެ ތަފްސީލް ވެބްސައިޓްގައި އަޕްލޯޑުކުރެވިފައިވާ ކޯހާއިބެހޭ އިތުރު މަޢުލޫމާތު ޝީޓްގައި ހިމެނިފައިވާނެއެވެ.) ރިޓާން އެއަރ ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ މިމިނިސްޓްރީގެ ފަރާތުންނެވެ. - މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓުންނާއި، ތިރީގައިވާ ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. - ކެންޑިޑޭޓުން ކިޔަވަންދާން ކަނޑައެޅޭ ޔުނިވަރސިޓީއެއް އެނގޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން ޕްލޭސްމަންޓް ހަމަޖެހުމުންނެވެ. - މާސްޓަރސް ޑިގްރީ / ޕީ.އެޗް.ޑީ އަށް ކުރިމަތިލާ ކެންޑިޑޭޓުން ކިޔަވަންޖެހޭ ބަހެއް ކަނޑައެޅޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްއިން ޕްލޭސްމަންޓް ފޮނުވުމުންނެވެ. ޕްލޭސްމަންޓް ލިބޭ ޔުނިވަރސިޓީގެ ގޮތުން ބައެއް ފަހަރު މުޅި ކޯސް ޗައިނީޒް ބަހުންވެސް ކުރިއަށް ގެންދަން ޖެހިދާނެއެވެ. ޗައިނީޒް ބަހުން ކޯސް ފުރިހަމަ ކުރައްވަން ޖެހޭކަމުގައިވަނީނަމަ 1 ނުވަތަ 2 އަހަރު ދުވަހުގެ ޗައިނީސް ލެންގްއޭޖް ކޯހެއް ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. - ޗައިނާގެ އިންސްޓިޓިއުޓްތަކުން ހެދެން ހުރި އެކި ޕްރޮގްރާމްތަކާއި ޕްރޮގްރާމް ހިންގާނީ ކޮންބަހަކުންކަން އެނގޭފަދަ މުހިންމު މަޢުލޫމާތު ތިރީގައިވާ ލިންކް އިން ލިބެން ހުންނާނެއެވެ.
- ޗައިނާ ސްކޮލަސްޓިކް ކޮމްޕެޓެންސީ އެސެސްމެންޓް (ސީއެސްސީއޭ) ހެދުމާއި ގުޅޭ މަޢުލޫތު ތިރީގައިވާ ލިންކް އިން ލިބެން ހުންނާނެއެވެ. ސީއެސްސީއޭ ހެދުމަށް ރެޖިސްޓަރވުމުގެ އެންމެފަހު ތާރީޚަކީ 25 ޖަނަވަރީ 2026 އެވެ. CSCA registration Link: https://csca.cn/
- މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން މި މިނިސްޓްރީން އެންގުމުން، ޗައިނީޒް ސްކޮލަރޝިޕްގެ އޮންލައިން އެޕްލިކޭޝަން ފޯމާއި، އެފޯމާއިއެކު ހުށަހަޅަންޖެހޭ ސެޓްފިކެޓްތައް 09 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ. ޗައިނީޒް އޮންލައިން އެޕްލިކޭޝަން އާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.
* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕްގެ ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަން ޖެހޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.
* މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|
|
ސުންގަޑި: 29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން |
||
|
އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||
|
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |
||