ބީލަން
ނަންބަރު: (IUL)302-CO/302/2026/5
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 19:43
ސުންގަޑި: 22 ޖަނަވަރީ 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރު ކައުންސިލްގެ ލޯންޗާއި ކައުންސިލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގެ ލޯންޗާއި، ކުޑަޕިކަޕަށް ބޭނުންވާ ޕެޓްރޯލް އާއި ކުނިމެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ބޮޑު ޕިކަޕް އަދި ޓްރެކްޓަރަށް ބޭނުންވާ ޑީސަލް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ބީލަމުގައި ރެޖިސްޓަރ ވުމުގެ ސުންގަޑި : 22 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00

ޕްރޮޕޯސަލް ހުށަހެޅުން: 29 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00

މިމަސައްކަތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވްއެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ރ. ހުޅުދުއްފާރު ކައުންސިލްގެ ލޯންޗާއި ވެހިކަލްތަކަށްބޭނުންވާ ތެޔޮސަޕްލައި ކޮށްދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ޕްރޮޕޯސަލް ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރ ސިޓީ އުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

          ބީލަމުގައި ރެޖިސްޓަރވުމަށް މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމު ފުރުމަށްފަހު [email protected] އަށް ސުންގަޑި ހަމަވުމުގެ ކުރިން ފޮނުވަންވާނެއެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެއް ނޭޅޭނެއެވެ.

         އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580069 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.  

15 ޖަނަވަރީ 2026