ބީލަން
ނަންބަރު: 60-PRO/2026/20
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 17:12
ސުންގަޑި: 22 ޖަނަވަރީ 2026 11:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު

އެއް އަހަރު ދުވަހުގެ މުއްދަތަށް، ގދ. ތިނަދޫ އެސް.ޓީ.އޯ  ފިހާރައަށް ބަސްތާއިން ގެންދެވޭ މުދާ ( ހަނޑޫ، ހަކުރު، ފުށް) ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް، ގދ. ތިނަދޫ އެސް.ޓީ.އޯ ފިހާރައަށް ބަސްތާއިން ގެންދެވޭ މުދާ (ހަނޑޫ، ހަކުރު، ފުށް) ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިއުލާން 60PRO/2025/20 ގެ ދަށުން ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

 

މަސައްކަތުގެ ވެރިފަރާތް:

 

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

 

ރަޖިސްޓްރީ ކުރާ

ފަރާތްތަކުގައި

ހުންނަންޖެހޭ ޝަރުތުތައް:

 

  • ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އެސްޓީއޯ އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގައި ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.
  • ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އިކޮނޮމިކް މިނިސްޓްރީ އަދި މީރާގައި ޑިބާރޑް ނުވަތަ ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.

 

 

 

ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ލިޔެކިއުން:

  • ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ރެޖިސްޓްރޭޝަންކޮޕީ
  • ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ހިއްޞާދާރުންގެ އައި.ޑީ.ކާޑް ކޮޕީ
  • ކުންފުނީގެ ހިންގާ ޤަވާއިދު
  • ކުންފުނީގެ އަސާސީ ޤަވާއިދު
  • ޖީ.އެސް.ޓީ ސެޓްފިކެޓް
  • ކުންފުނީގެ ޕްރޮފައިލް – އިކޮނޮމިކް މިނިސްޓްރީގެ ކޮމްޕެނީ ޕްރޮފައިލް ޝީޓް
  • ބޭންކް ތަފްސީލު – ބޭންކް އެކައުންޓް ނަމްބަރާއި ނަން އެނގޭ ލިޔެކިއުމެއް

 

 

 

ރަޖިސްޓަރީ ކުރުން:

ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 22 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހު 11:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރ ކުރަންވާނެއެވެ.

[email protected]

 

*ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ފޮނުވޭނެއެވެ.

 

   އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

                     ފޯނު: 3012496

އީމެއިލް: [email protected] 

 

15 ޖަނަވަރީ 2026