ނީލަން
ނަންބަރު: (IUL)305/305/2026/4
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 22 ޖަނަވަރީ 2026 00:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައު އިންޖީނުގޭގައި ހުރި 2 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމާއި ގުޅޭ

     ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ޖަނަވަރީ 2026 ދުވަހުންފެށިގެންނެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން އަގުހުށަހެޅުމަށް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "އަގުހުށައަޅާފޯމް" ފުރިހަމަކޮށް ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ރަސްމީ ކޮންމެ ދުވަހެއްގެ 12:00 ކުރިން މިއިދާރާގެ ކައުންޓަރަށް، ނުވަތަ މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލް ފޮނުވައިދެއްވުން އެދެމެވެ. ކޮންމެ ދުވަހަކުވެސް މެންދުރު 12:00 އާއި ހަމައަށް ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 14:00 ގައި މިއިދާރާގެ ފޭސްބުކް ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ.

    އިންޖީނު ބައްލަވާ ލެއްވުމަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން 11:00 ށް މިއިދާރާއަށް ވަޑައިގަތުމުން އިންޖީނު ދައްކާލުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ.

    ނީލަމަށް ހުށަހެޅޭ އަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގަށް ނީލަން ނިއްމާލެވޭނެއެވެ. ނީލަމުގައި އެންމެ މަތީ އަގު ހުށަހަޅައިގެން ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމޭދުވަހުން ފެށިގެން ރަސްމީ 03 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދެއްކެވުމުން ނީލަން ކާމިޔާބުކުރިފަރާތާއި އިންޖީނު ހަވާލުކުރެވޭނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން 22 ޖަނަވަރީ 2026 ގެ ނިޔަލަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅައިފައިނުވާނަމަ މި އިޢުލާން ބާޠިލްކުރެވޭނެއެވެ.                                                                                                                                                                                                           

#

ނީލަން ފަށާ އަގު

ނީލަމަށް އިތުރު ކުރެވޭ އަގު

ޖަނަރޭރޭޓަރ 1

-/2500

-/500

ޖަނަރޭރޭޓަރ 2

-/2500

-/500

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ޖަނަވަރީ 2026