ދިވެހިރާއްޖެ
(IUL)120-C/1/2026/03:ނަންބަރު
|
މަޤާމު |
މާކަރުން |
|||||||||||||||
|
މާއްދާ |
ދިވެހި/އިސްލާމް |
|||||||||||||||
|
ޢަދަދު |
ދިވެހި - 40 އިސްލާމް – 40 |
|||||||||||||||
|
މަސައްކަތް ކުރަންޖެހޭ ތަން |
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް |
|||||||||||||||
|
އުޖޫރަ |
ރީޗެކުގައި މާކުސް ދެވުނުގޮތުގެ ރިޕޯޓް ލިޔުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ ރިޕޯޓަކަށް -/200ރ (ދުއިސައްތަ ރުފިޔާ)އެވެ. |
|||||||||||||||
|
ޝަރުތު |
4.1 ކީސްޓޭޖް 5 (ގްރޭޑް 11 ނުވަތަ 12) ނުވަތަ ކީސްޓޭޖް 4 (ގްރޭޑް 9 ނުވަތަ 10) ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޢަމަލީގޮތުން ނުވަތަ ފަންނީލަފާދިނުމުގެ މަސައްކަތްކުރާ ފަރާތަކަށްވުން ނުވަތަ 4.2ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒެއްގައި ދިވެހި ނުވަތަ އިސްލާމް ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ 4.3 ކީސްޓޭޖް 5 (ގްރޭޑް 11 ނުވަތަ 12) ނުވަތަ ކީސްޓ ޖް 4 (ގްރޭޑް 9 ނުވަތަ 10) ސިލަބަހަށް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން މަދުވެގެން 1 އަހަރު ކިޔަވައިދީފައިވުން ނުވަތަ ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން މަދުވެގެން 1 އަހަރު މާކިންގެ މަސައްކަތު ގައި އުޅެފައިވުން. |
|||||||||||||||
|
މަސްޢޫލިއްޔަތު |
3.1 އިމްތިޙާނުގެ މާކިން މަސައްކަތް ފެށުމުގެ ކުރިން މާކަރުންގެ އިޤުރާރުގައި އަދި އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ. 3.2 ކޮންމެ މާކަރަކާ މާކުކުރަން ޙަވާލުކުރެވޭ ދަރިވަރުންގެ ޖަވާބު ކަރުދާސްތައް ޙަވާލުކުރެވޭނީ ލިޔުމެއްގައި ސޮއި ކުރުވާފައެވެ. މިނޫން ގޮތަކަށް އެއްވެސް މާކަރަކު ޖަވާބު ކަރުދާހާ ޙަވާލުވެގެން ނުވާނެއެވެ 3.3 ކޮންމެ މާކަރަކު މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި މާކަރުންގެ ޙާޟިރީގައި ސޮއި ކުރަންވާނެއެވެ. 3.4 މާކަރުންނާ މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ޕެކެޓުގެ ބޭރުގައި އެޕެކެޓުގައި ހުންނާނެ ޖަވާބުކަރުދާހުގެ ކޯޑު ނަމްބަރުތައް ޖަހާފައި ހުންނާނެއެވެ. އެކަރުދާސްތައް ޕެކެޓުގައި ހަމައަށް ހުރިތޯ ޗެކުކުރުމަށް ފަހުގައި ނޫނީ ޖަވާބު ކަރުދާހާ ހަވާލުވެގެން ނުވާނެއެވެ. 3.5 މާކުކުރަން މާކަރާ ޙަވާލުކުރެވިފައިވާ ޖަވާބު ކަރުދާސް ޕެކެޓުގެ މަސައްކަތް މުޅިން ނިމުމުން، ނުވަތަ އެދަންފަޅިއެއްގެ މަސައްކަތް ނިމުމުން، ނުވަތަ މާކަރު ބޭރަށް ދާންޖެހުމުން ޖަވާބު ކަރުދާސް ޕެކެޓު އިދާރީ މޭޒާ ޙަވާލުކުރަން ވާނެއެވެ. މިގޮތުން ޖަވާބުކަރުދާސް ޕެކެޓު އިދާރީ މޭޒާ ޙަވާލު ކުރާއިރު ޕެކެޓުން ހުރިހާ ކަރުދާހެއް ނަގައިގެން ހުރިހާ ކޯޑެއްގެ ކަރުދާސް ހަމައަށް ދެއްކުމަށްފަހު މާކަރުގެ ފައިލުގައި ޖަވާބުކަރުދާސް ހަވާލުކުރުމަށް އޮންނަ ޝީޓުގައި ސޮއި ކުރުވަންވާނެއެވެ. 3.6 މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ތަކުގެ ތެރ ގައި އެވަގުތަކު މާކުކުރެވެމުންދާ ކަރުދާސް ނޫން ޖަވާބުކަރުދާހެއް އޮވެއްޖެނަމަ ނުވަތަ އެހެން މާއްދާއެއްގެ ޖަވާބުކަރުދާހެއް އޮވެއްޖެނަމަ (މާކުކުރަނީ ކަރުދާސް 2 ކަމަށް ވެފައި ކަރުދާސް 1 ގެ ޖަވާބު ކަރުދާހެއް އޮތުން ނުވަތަ މާކުކުރަނީ ދިވެހި ކަމަށް ވެފައި އިސްލާމް ކަރުދާހެއް އޮތުން) އެ ޕެކެޓަކާ ޙަވާލުވެގެން ނުވާނެއެވެ. ޖަވާބުކަރުދާހާ ޙަވާލުވާއިރު މިކަން ޗެކުކުރަންވާނެއެވެ. 3.7 މާކިން ފެށުމަށްފަހު، ޑީޕީއީން އަންގަވާ ގޮތެއްގެ މަތީން ފޮޓޯކޮޕީ ކަރުދާސް މާކު ކުރަންވާނެއެވެ. 3.8 މާކިން ފެށުމަށްފަހު، ހަވާލުކުރެވޭ ޖަވާބު ކަރުދާސްތައް ދުވަހުން ދުވަހަށް މާކުކޮށްދޭން ވާނެއެވެ. އަދި ޖަވާބު ކަރުދާސް މާކުކޮށް ނިމުމަށްފަހު ހުރިހާ ސުވާލެއް މާކުކޮށް މާކުސް ދެވިފައިވާކަން ކަށަވަރުކުރަން ވާނެއެވެ 3.9 ޑީ.ޕީ.އީ އިން އެދިއްޖެ ހާލަތެއްގައި ރީޗެކަށް އެދޭ ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކުކޮށް ދޭންވާނެއެވެ. |
|||||||||||||||
|
މާކްސް ދެވޭ ގޮތުގެ ތަފްޞީލް |
|
|||||||||||||||
|
މާކުސް ލިބޭނެގޮތް
|
|
|||||||||||||||
|
މަސައްކަތް ކުރިއަށް ދާނެ ތާރީޚާއި ވަގުތު |
މާކިންގ ވޯރކްޝޮޕް: 23 މާރިޗު 2026 އިން 26 މާރިޗު 2026 އަށް (13:00 އިން 17:30 އަށް) މާކިންގ: 28 މާރިޗު 2026 އިން 23 އެޕްރީލް 2026 އަށް (14:00: އިން 20:00 އަށް) |
|||||||||||||||
|
ހުށަހަޅަންޖެހޭ ތަކެތި: |
. 1ފުރިހަމަ ކޮށްފައިވާ މާކިންގ ގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އަދި ތިރީގައިމިވާ ލިންކުންވެސް ލިބެން ހުންނާނެއެވެ. . 2ވަނަވަރު (ސީ.ވީ) . 3ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
|
|||||||||||||||
|
ސުންގަޑި: |
29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން |
|||||||||||||||
|
އެދެންވީ ގޮތް: |
https://forms.gle/Kx2wD6tueZ4NJKz7A
|