ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2026/04
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 25 ޖަނަވަރީ 2026 14:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނީރުމަގާއި ޒިޔާރަތްމަގުގައި ޖަހާފައިވާ މަގުބައްތިތަކަށް ކަރަންޓް ކޭބަލް އެޅުމާއި އިތުރަށް ޖަހަންޖެހޭ މަގުބައްތި ޖެހުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް

މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ކަނީރުމަގާއި ޒިޔާރަތްމަގުގައި ޖަހާފައިވާ ލައިޓްޕޯސްޓްތަކަށް ކަރަންޓް ކޭބަލު އެޅުމާއި ލައިޓް ހަރުކުރުން އަދި އިތުރަށް ޖަހަންޖެހޭ ލައިޓްޕޯސްޓުޖަހަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ވާ ގޫގުލް ފޯރމް މެދުވެރިކޮށް ބީލަމަށް ރަޖިސްޓުރީވުން އެދެމެވެ.

އޮންލައިންކޮށް ރަޖިސްޓަރވުމަށް: https://forms.gle/EeZwmeVgF4YQYWC98

 

ގަޑި

ތާރީޙް

ތަފްސީލް

13:00

25 ޖެނުއަރީ 2026 (އާދީއްތަ)

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް:  [email protected]

13:00

25 ޖެނުއަރީ 2026 (އާދީއްތަ)

ރަޖިސްޓަރ ވުމުގެ ސުންގަޑި

11:00

26 ޖެނުއަރީ 2026 (ހޯމަ)

އަންދާސީ ހިސާބު ހުށަހެޅުން

ތަން: ހދ ފިނޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6528115 އަށެވެ.

 

 

 

 

 

 

މި ބީލަން ހުޅުވާލެވިފައި މިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަދި މި ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ.

މި މަސައްކަތާއި ބެހޭ މައުލޫމާތު ކަރުދާސް މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.  

15 ޖަނަވަރީ 2026