ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)433-CA/1/2026/3
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި: 22 ޖަނަވަރީ 2026 13:30
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

މަޤާމް :އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާނު 

މަޤާމު:

އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ޤައުމީ އަރުޝީފުގެ ކޮންޓްރެކްޓް (ދާއިމީ)

ޕަބްލިކް ސަރވިސް ރޭންކް:

4

ސްކިލް ލެވެލް:

3

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމެންޓް ޔުނިޓް / ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު، މާލެ.

މުސާރަ:

މަހަކު 8،505.00 ރުފިޔާ.

މަގާމުގެ އެލަވަންސް:

މަހަކު 2،555.00 ރުފިޔާ.

އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:

  1. ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް 70/- ރުފިޔާ
  2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

އޮފީހުން ހިންގާ ޚައްސަ ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކުރުން؛

  • އަރކައިވްސްގެ ދާއިރާއިން ހިންގޭ ޕްރޮޖެކްޓް ތަކާއި ޑިޖިޓަލް ޕްރިޒަރވޭޝަންގެ ދާއިރާއިން ހިންގޭ ޕްރޮޖެކްޓް ތަކާއި، އޮފީހުގެ ތަރައްގީއަށް އެހެން ދާއިރާތަކުން ހިންގޭ އެކިއެކި ޕްރޮޖެކްޓްތަކުގެ ޕްރޮޖެކްޓް ޓީމުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތް ކުރުން.

 

ޓެކްނިކަލް އިވެލުވޭޝަން ކޮމިޓީގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމާއި ބިޑް އިވެލުވޭޝަންގެ މަސައްކަތް ބެލެހެއްޓުން؛

  • އޮފީހުން ހުޅުވާ ބިޑްތަކަށް ބިޑް ޑޮކިއުމެންޓްތައް އެކުލަވާލުމާއި، ބިޑްތަކަށް އިޢުލާނު ކުރުމުގެ މަސައްކަތް ކުރުވުމާއި، ބިޑް އިވެލުވޭޝަން ކޮމިޓީއަށް ހުށަހަޅަންޖެހޭ ބިޑްތައް އެ ކޮމިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރުން،
  • އޮފީހަށް ގަންނަން ޖެހޭ ތަކެއްޗާއި ޚިދުމަތުގެ ޓެކްނިކަލް އިވެލުވޭޝަން ކޮމިޓީގެ އިދާރީ މަސައްކަތް ކުރުމާއި، ޓެކްނިކަލް އިވެލުވޭޝަންގެ މަސައްކަތްތައް ޓެކްނިކަލް ކޮމިޓީ މެމްބަރުން ލައްވައި ކުރުވުން.

 

އޮފީހަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމުގެ މަސައްކަތް ކުރުން؛

  • އޮފީހަށް ހޯދަންޖެހޭ ތަކެތި ހޯދުމަށްޓަކައި ތަކެތީގެ އަގުބެލުމާއި ކޯޓޭޝަން ހޯދުމުގެ މަސައްކަތް ކުރުން.
  • އޮފީހަށް ގަންނަން ޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރުން،
  • އެކި ސެކްޝަންތަކުން ހޯދުމަށް ރިކްއެސްޓް ކުރާ ތަކެތީގެ ރަޖިސްޓްރީ ދުވަހުންދުވަހަށް ބެލެހެއްޓުމާއި ފައިސާ ދައްކަންޖެހޭ ބިލްތައް ބަޖެޓް ޔުނިޓަށް ފޮނުވުން،
  • ޕީއޯ ހަދައި އެޕްރޫވް ކުރުވައި ފޮނުވަންޖެހޭ ފަރާތަށް ފޮނުވުން،
  • އޮފީހަށް ހޯދަންޖެހޭ ތަކެތި ފިހާރަތަކުން ގަނެ އޮފީހަށް ގެނައުމުގެ މަސައްކަތް ކުރުން،
  • ފައިސާ ޚަރަދުކޮށްގެން ތައްޔާރު ކުރަންޖެހޭ ކެއުން އަދި ސައި ފަދަ ކަންކަން ހަމަޖެއްސުމާއި އެކަންކަމުގެ ހުއްދަ ހޯދުމާއި، ބިލްތަކަށް ފައިސާ ދެއްކުމަށް ކަމާބެހޭ ޔުނިޓަށް ފޮނުވުން،
  • ކޮންޓްރެކްޓް އުސޫލުން ކުރަންޖެހޭ މަސައްކަތްތަކުގެ އެއްބަސްވުންތައް ތައްޔާރުކޮށް (ލޯޔަރުގެ އިރުޝާދުގެ މަތިން) ހޮވުނުފަރާތާއި މަސައްކަތް ހަވާލުކުރުމާއި އެއްބަސްވުމުގައި ސޮއިކުރުވުން.
  • އޮފީސް އިމާރާތުގެ މަހު ކުލި ދެއްކުމަށް ކޮންމެ މަހަކަށް ފައިނޭންސް ޔުނިޓަށް ފޮނުވަންޖެހޭ މެމޯ ލިޔެ ފޮނުވުން،
  • ކުރާ މަސައްކަތާ ގުޅިގެން ޔުނިޓުގެ ފަރާތުން ބާއްވާ މީޓިންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން،

 

  • އޮފިހުގެ ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން،
  • އޮފީހަށް ހޯދާ ހަރުމުދަލާއި ހަވާލުވެ އޮފީހުގެ އިންވެންޓްރީއަށް ނަގައި ނަމްބަރުޖެހުމަށް ފަހު އެތަކެއްޗަށް އެދުނުފަރާތަކަށް އެތަކެތި ހަވާލުކުރުން.
  • ބައުވެ ހަލާކުވެގެން ނީލަން ކިޔަންޖެހޭ ތަކެއްޗާއި ނައްތާލަންޖެހޭ ތަކެތި ނީލަން ކިޔުމާއި ނައްތާލުމަށް ލިސްޓް ނަގައި، ނީލަން ޕޯޓަލްއަށް އަޕްލޯޑް ކުރުމާއި، ހުއްދަ ލިބުމުން އެތަކެތި ނީލަން ކިޔުމާއި، ނައްތާލުމުގެ މަސައްކަތް ކުރުން،

 

 

އޮފީހުގެ މެއިންޓަނެންސް ބެލެހެއްޓުން

  • އޮފީހުގެ އިމާރާތުގެ މަރާމަތުގެ މަސައްކަތް ކުރުވުން،
  • އޮފީހުގެ މެޝިނަރީއާއި އިކުއިޕްމެންޓްގެ މަރާމާތުގެ މަސައްކަތް ކުރުވުން،
  • އޮފީހުގެ އައި.ސީ.ޓީ. ހާޑްވެއަރ މާރާމާތު ކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން،
  • ޔުނިޓުގެ އެހެން މުވައްޒަފުން ޗުއްޓީއަށް ދިއުމުން އެމީހުންގެ މަސައްކަތް ހަވާލު ކޮށްފި ހިނދެއްގައި އެފަދަ މަސައްކަތް ކުރުން،
  • އޮފީހުގެ އެހެނިހެން މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް ހަމަޖެހިފައިވާ ޤަވާޢިދުތާކާއި އުސޫލުތަކާއެއްގޮތަށް ކުރުވުން،

 

  • އަދި މީގެ އިތުރުން އޮފީހުގެ ހުރިހާ މުވައްޒަފުން އެކުވެގެން ކުރުމަށް އޮފީހުން ރާވާ އޮފީހުގެ މަސައްކަތްތައް ކުރުމާއި، ބަންދު ދުވަސްތަކުގަ އާއި ބަންދު ގަޑިތަކުގައި ކޮންމެހެން ކުރަންޖެހިގެން ވެރިން އަންގަވާ އޮފީހުގެ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލުތަކާއި ޤަވާޢިދުތަކާއެއްގޮތައް ކުރުން. 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޕްރޮކިއުމަންޓް މެނޭޖްމަންޓް
  • ލޮޖިސްޓިކް މެނޭޖްމަންޓް
  • އޮޕޮރޭޝަން މެނޭޖްމަންޓް
  • ޑިވެލޮޕްމަންޓް ސްޓަޑީޒް
  • ފައިނޭންސް
  • އެކައުންޓިންގް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)    https://archives.gov.mv/assets/source/docs/forms/application_fom_national_archives_(contract).docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

 

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން: 30 ޕޮއިންޓް
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ 5 ޕޮއިންޓު
  • ޝަރުތުހަމަވުމަށް ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ ދެވޭ 5 ޕޮއިންޓު
  • ޝަރުތުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓު (އަހަރަކަށް 1 ޕޮއިންޓު) (ގިނަވެގެން 5 ޕޮއިންޓު)
  • އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް) އަށް: 20 ޕޮއިންޓް
  • އިންޓަރވިއުއަށް ދެވޭ ޕޮއިންޓް: 35

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު (2 ވަނަ ފަންގިފިލާ، ހ. ކެލީތިއާ، ހަކުރާގޯޅި)، މާލެ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ އިތުރުވެއްޖެ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވިދާނެއެވެ.

 

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އަދި އިމްތިޙާނު އޮންނާނީ، 25 ޖަނަވަރީ 2026 އާއި 29 ޖަނަވަރީ 2026 އާ ދެމެދު، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު (2 ވަނަ ފަންގިފިލާ، ހ. ކެލީތިއާ، ހަކުރާގޯޅި)، މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010966 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" https://csc.gov.mv/download/2022/51/Recruitment%20Policy%20Consolidated%20-%2028042022z3nivrkh.mrw.pdf އިން ލިބެން ހުންނާނެއެވެ.

15 ޖަނަވަރީ 2026