ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2026/4
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:14
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ހޯނޑެއްދޫއިން ބަންޑާރަގޯއްޗަށް އެދިހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރުން

ގދ. ހޯނޑެއްދޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް މިކައުންސިލުން ކޮށްފައިވާ ނަންބަރ (IUL)417-IMS/417/2024/3 އިއުލާނާއި ގުޅިގެން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކުރީމެވެ.

ދާއިމީ ލިސްޓްގައި "ގުރުއަތަށް ދާ މީހުންގެ ލިސްޓް" ގައި ވާ 10 ފަރާތުން 5 ފަރާތް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން 2026 ޖަނަވަރީ 25 ގެ 13:30 ގައި ހޯނޑެއްދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. އަދި ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ލިބޭ ގޯތި (ޕްލޮޓް) ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން 2026 ފެބުރުވަރީ 15 ވާ އާދީއްތަ ދުވަހުގެ 20:00 ގައި ހޯނޑެއްދޫ ސްކޫލް ހޯލުގައި އޮންނާނެއެވެ. ލިސްޓްގައިވާ ފަރާތްތަކުން ގުރުއަތުގައި އަމިއްލައަށް ބައިވެރިވެވެން ނެތްނަމަ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ގުރުއަތުލުމުގެ 48 ގަޑިއިރު ކުރިން ލިޔުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖަނަވަރީ 2026