ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2026/04
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 26 ޖަނަވަރީ 2026 13:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރު ޕިއުރިފައި ނުލިބިހުރި, މީހުން ދިރިއުޅޭ ގޭތަކަށް ވޯޓަރ ޕިއުރިފައި އަށް އެދުމަށް ފުރުސަތުހުޅުވާލުން

    މިކައުންސިލްގެ 2022-2026 އަށް ހެދިފައިވާ ތަރައްޤީ ޕްލޭން ގައި މިރަށުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިންތިޒާމް ގާއިމުކުރުމަށްޓަކައި ބުއިމަށް ބޭނުންކުރާ ފެން، ޕިއުރިފައި ފިލްޓަރ ސިސްޓަމް ބޭނުންކޮށްގެން ސާފުކޮށްފައިވާ ފެން ކަމުގައި ހެދުމުގެ ޕްރޮޖެކްޓްގެ ދަށުން، 2025 ވަނަ އަހަރު ޕިއުރިފައި ނުލިބިހުރި, މީހުން ދިރިއުޅޭ ގޭތަކަށް ވޯޓަރ ޕިއުރިފައި އަށް އެދުމަށް ފުރުސަތުހުޅުވާލުމަށް ވަނީ މިކައުންސިލްގެ 201 ވަނަ ޢާއްމު ޖަލްސާއިން ނިންމާފައެވެ.

    ވީމާ، ޕިއުރިފައި ބޭނުންވާ މީހުން ދިރިއުޅޭ ގޭބީސީތަކުން މިއިއުލާނާއި އެކު އެޓޭޗްކުރެވިފައިވާ ފޯމް ފުރުއްވުމަށްފަހު، ގޭގެ ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ އާއި އެކު 2026 ޖަނަވަރީ 26 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. މިފޯމް މިކައުންސިލްގެ އިދާރާއިން ވެސް ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ. 

13 ޖަނަވަރީ 2026