ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)230-IED/230/2026/2
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 21 ޖަނަވަރީ 2026 00:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު ލައިސަންސްގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށްފަހު އަލުން ފެށުމާއިގުޅޭ

                    މިއިދާރާގެ ނަންބަރު: (IUL)230-IED/230/2025/63 (20 އޮކްޓޯބަރ 2025) އިއްލާނުން މެދުކަނޑާލެވިފައިވާކަމަށް އާއްމުކުރެވިފައިވާ "ކަނޑު ލައިސަންސްގެ ޚިދުމަތް" މިއަދުން ފެށިގެން މިއިދާރާގެ ފަރާތުން ފޯރުކޮށްދެމުންގެންދާނެ ވާހަކަ އާއްމުކުރީމެވެ. އަދި މިދެންނެވި ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ މައުލޫމާތުކަރުދާސް މިއިއްލާނާއެކު ހީރަސްކުރެވިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކާ ދެންނެވީމެވެ.

24  ރަޖަބު  1447

13 ޖަނަވަރީ 2026