ބީލަން
ނަންބަރު: (IUL)272/272/2026/7
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 22 ޖަނަވަރީ 2026 11:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަހަރާ ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަހަރާ ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް 01 (އެކެއް) އަހަރުގެ މުއްދަތަށް ސަހަރާ ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 20 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން ބީލަން/ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރ: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑާއި، ކާޑުގެ ކޮޕީ އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީ އަކާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަ ވެސް ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޖަނަވަރީ 2026