ދިވެހިރާއްޖެ
|
MBBS admission 2025-2026, Armed Forces Medical College, Bangladesh |
|
ބަންގްލަދޭޝްގެ އާމްޑް ފޯސަސް މެޑިކަލް ކޮލެޖްއިން ހިންގުމަށް ހަމަޖެހިފައިވާ އެމް.ބީ.ބީ.އެސް ކޯހުގައިި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުންވަނީ އަންގަވާފައެވެ.
ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޖަނަވަރީ 2026 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. http://foreignstudents.dgme.gov.bd/login
އަދި ކޯހާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު މިއިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ. ..................................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ. |