ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)492-HR/492/2026/4
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 08:45
ސުންގަޑި: 18 ޖަނަވަރީ 2026 13:30
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ސީނިއަރ އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ

މަޤާމު:

ސީނިއަރ އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-396378

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 7

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، މާލެ

ސެކްޝަން/ޔުނިޓް:

އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް ޕޮލިސީ ޑެވެލޮޕްމަންޓް

މަގާމުގެ އަސާސީ މުސާރަ:

-/9,560 ރުފިޔާ

މަގާމުގެ އެލަވަންސް: (ހަރުފަތް 1)

-/4,465 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/120 ރުފިޔާ
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑު (01 ނޮވެމްބަރ 2025 އާ އެއްގޮތަށް) އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ބައިނަލްއަޤްވާމީ، އަދި ރާއްޖޭގެ އެކި ޕްލެޓްފޯރމްތަކުގައި މިނިސްޓްރީ ތަމްސީލްކުރާ މުވައްޒަފުންގެ ތާވަލް ބަލަހައްޓައި އަޕްޑޭޓްކޮށް ކަމާޢި ގުޅޭ މައުލޫމާތް ބޭނުންވާފަރާތްތަކާއި ހިއްސާކުރުން
  • ރާއްޖެއިން ބޭރުގެ އެހީގައި ބާއްވާ ތަފާތު ޖަލްސާތަކާއި ވޯރކްޝޮޕް ސެމިނަރތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އެންމެހާ ކަންތައް ރާވާ ހަމަޖެއްސުން.
  • ރާއްޖޭން ބޭރުން ވަޑައިގަންނަވާ މިޝަންތަކުގެ އެންމެހާ މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  • މިނިސްޓްރީއިން ބައިނަލްއަޤްވާމީ، ސަރަހައްދީ ޖަމްޢިއްޔާތަކަށާއި، ފޮނުވަން ޖެހޭ ރިޕޯރޓާއި، ތަފާސް ހިސާބްތަކާއި އެހެނިހެން ލިޔެކިއުންތައް ކަމާގުޅޭ ސެކްޝަންތަކުން ހޯދައި ފޮނުވުން.
  • މިނިސްޓްރީއަށް އެހީތެރިވެދެއްވާ ބައިނަލް އަޤްވާމީ، ސަރަހައްދީ ޖަމިއްޔާތަކާއި، އެޖެންސީ، ދޭދޭ ޤައުމުތަށް، ނޮން ގަވަމެންޓަލް އޯރގަނައިޒޭޝަންގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން.
  • މިނިސްޓްރީ ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކާއި ގުޅިގެން ރާއްޖެ ބައިވެރިވާ އެކިއެކި މުއާހަދާ/ އެގްރިމެންޓްތަކުގެ ދަށުން ސަރުކާރުން ކުރަން ލާޒިމްކުރާ މަސައްކަތްތައް ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން ކުރުން
  • އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާއި ގުޅިގެން ތައްޔާރުކުރެވޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެހީތެރިވެދީ ލިޔުންތައް ބެލެހެއްޓުން.
  • ޔުނިޓުގެ އަހަރީ ބަޖެޓް ތައްޔާރުކުން
  • އަހަރީ ރިޕޯރޓަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ދާއިރާތަށް:

އިންޓަރނޭޝަނަލް ރިލޭޝަންސް، އިންޓަރނޭޝަނަލް އެފެއާޒް، އިންޓަރނޭޝަނަލް ސްޓަޑީޒް، ފޮރިން ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް، ގްލޯބަލް ސްޓަޑީޒް، ޑިޕްލޮމަސީ، ޑިޕްލޮމެޓިކް ސްޓަޑީޒް، ޑިވެލޮޕްމަންޓް ސްޓަޑީޒް، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އިންޓަރނޭޝަނަލް ޕަބްލިކް ޕޮލިސީ. ޕޮލިޓިކްސް އެންޑް އިންޓަރނޭޝަލް ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް، އިންޓަރނޭޝަނަލް ބިޒްނަސް އެންޑް އިންޓަރނޭޝަލް ރިލޭޝަންސް، އިންޓަރނޭޝަލް ރިލޭޝަންސް އެންޑް ސޯޝަލް ޕޮލިސީ، އިންޓަރނޭޝަލް ރިލޭޝަންސް އެންޑް އިންޓަރނޭޝަނަލް އޯގަނައިޒޭޝަން، އިންޓަރނޭޝަލް ރިލޭޝަންސް އެންޑް ގްލޯބަލް އެފެއާޒް، ޕަބްލިކް ސަރވިސް އެންޑް ގްލޯބަލް އެފެއާޒް ގަވަރނަންސް، ގަވަރނަންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް، ޕޮލިޓިކްސް އެންޑް ގަވަރނަންސް ، ޕަބްލިކް މެނޭޖްމަންޓް އެންޑް ގަވަރނަންސް، ގްލޯބަލް ގަވަރނަންސް، ގަވަރނަންސް އެންޑް ޕަބްލިކް ޕޮލިސީ، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ގަވަރނަންސް އޮފް ސަސްޓެއިނަބިލިޓީ، ގްލޯބަލް ގަވަރނަންސް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް، ގަވަރނަންސް އެންޑް ޑިޕްލޮމަސީ، ގަވަރނަންސް އެންޑް ހިއުމަން ރައިޓްސް، އިކޮނޮމިކް ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ޓްރާންސްނޭޝަނަލް ގަވަރނަންސް، ނެގޯސިއޭޝަން އެންޑް ކޮންފްލިކްޓް ރެޒޮލިއުޝަން ، އިންޓަރނޭޝަނަލް ލީޑަރޝިޕް އެންޑް ނެގޯސިއޭޝަން، އިންޓަރނޭޝަނަލް ބިޒްނަސް ނެގޯސިއޭޝަން، ޑިޕްލޮމަސީ އެންޑް އިންޓަރނޭޝަނަލް ލޯ، އިންޓަރނޭޝަނަލް އެފެއާޒް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖަނަވަރީ 2026 ގެ 13:30 ގެ ކުރިން،  ތިރީގައިވާ ލިންކް މެދުވެރިކޮށްކަމުގައި ދަންނަވަމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 https://docs.google.com/forms/d/10X0iMNyl_5ecIAJy3T052VUu2IoXk9Fwk7rXHpYUpa0/preview

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު  އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 21 ޖަނަވަރީ 2026 އާއި 22 ފެބްރުއަރީ 2026 އާ ދެމެދު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3339286 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

12 ޖަނަވަރީ 2026