ދިވެހިރާއްޖެ
ކުނިކޮއްޓަށް ކުނިގެންދާ ބައެއް ފަރާތްތަކުން އެކި ބާވަތްތަކުގެ ކުނި އެއްކޮށް ކުނިކޮއްޓަށް ގެންގޮސް އަންދާ ގޮނޑަށް އަޅަމުންދާތީ ކުނި މެނޭޖް ކުރުމުގެ އުޞޫލާ އެއްގޮތަށް ކުނި މެނޭޖް ނުކުރެވުމާއި، އެފަދަ ފަރާތްތަކުން ކުނި އަންދާ ގޮނޑަށް ޕްލާސްޓިކު ފުޅި ފަދަ ތަކެތި އަޅައި އަންދަމުން ދިއުމާއެކު، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން ފޮޓޯ ނަގައި ވީޑިއޯކޮށް އެކަމުގެ ޝަކުވާ ކުރަމުން ދާތީ އާއި އެކަމަކީ ޞިއްޙީގޮތުންވެސް ރަނގަޅު ކަމަކަށް ނުވާތީ ކުނިކޮށީގެ ވަށައިގެން ފެންސްޖަހައި ބަންދުކޮށް، ކުނިކޮށި ޢާއްމުކޮށް ހުޅުވާފައި ބަހައްޓާ ގަޑިތައް މިހާރުވަނީ ހަމަޖައްސާފައެވެ. މިގޮތުން ކުނިކޮށި ޢާއްމުކޮށް ހުޅުވާފައި ބަހައްޓާ ގަޑިތައް ތިރީގައި އެވަނީއެވެ.
|
ދަންފަޅި |
ހުޅުވާ ގަޑި |
ބަންދުކުރާ ގަޑި |
|
ހެނދުނު |
7:00 |
12:00 |
|
މެންދުރުފަސް / ހަވީރު |
2:00 |
5:00 |
މީގެ އިތުރުން ޚާއްޞަ ޙާލަތަކާ ގުޅިގެން މިނޫން ގަޑިއެއްގައި ކުނިކޮއްޓަށް ކުނިގެންދަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6680631 އަށް ނުވަތަ އޮފީސް ބަންދު ގަޑިތަކުގައި ކައުންސިލްގެ ހޮޓްލައިން 9593939 އަށް ގުޅުއްވުމުން ހަމަޖެހިފައިވާ އުޞޫލުން ކުނިކޮށި ހުޅުވުމުގެ އިންތިޒާމް ހަމަޖެހޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.