ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2026/2
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:28
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނީގެ ބާވަތްތައް ވަކިކުރުމާބެހޭ

          ކުރިއާ ޚިލާފަށް މިރަށުގައި ކުނި މެނޭޖްކުރާ ސެންޓަރަށް ގެންދާ ބަދިގޭގައި އުފެދޭ ޒާތުގެ ކުންޏާއި، ފަތްކުނި، އަދި ދަގަނޑުގެ ބާވަތްތަކާއި ޕްލާސްޓިކު ފުޅި ފަދަ ތަކެތި ގިނަވެ، ކުނިކޮށީގައި މެނޭޖްކުރުމަށް ވަރަށްބޮޑަށް ދަތިވެފައި ވާއިރު، ކުނިގެންދާ ފަރާތްތަކުން ހުރިހާ ބާވަތްތަކުގެ ކުނި މައްސުނިކޮށް ކުނިކޮއްޓަށް ގެންގޮސް ކުނިއަންދާ ސަރަޙައްދަށް އަޅާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިއީ މިރަށުގެ ކުނި މެނޭޖްކުރުމަށް އެކުލަވާލައި، ޢަމަލުކުރަމުންދާ އުޞޫލާ ޚިލާފު ކަމަކެވެ. އަދި މިގޮތަށް ކުނިގެންދިއުމުން، ކުނިކޮށީގެ މުވައްޒަފުން އެތަކެތި ވަކިކޮށް، ބައިބައިކޮށް އެޅުމަށް ގިނަ ވަގުތު ތަކެއް ހޭދަ ކުރަންޖެހެއެވެ. އެހެންކަމުން ކުނިކޮއްޓަށް ކުނިގެންދާ އެންމެހައި ފަރާތްތަކުން ކުނީގެ ބާވަތްތައް ވަކިކޮށްގެން ގެންދިއުމަށް އަންގަމެވެ. އަދި ކުނީގެ ބާވަތްތައް ވަކިނުކޮށް ކުނިކޮއްޓަށް ގެންގޮސްފިނަމަ،ކުނިގެންދާ ފަރާތުން ކުނިކޮށީގައި ކުނިވަކިކުރުމަށް ފަހުގައި ނޫނީ ކުނިއަންދާ ސަރަޙައްދަށް ކުނި ނޭޅޭނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ.

ކުނީގެ ބާވަތްތައް ވަކިކުރާނެގޮތް

  • ޕްލާސްޓިކުގެ ބާވަތްތައް ވަކިކުރުން
  • ދަގަނޑުގެ ބާވަތްތައް ވަކިކޮށް އެތަކެތި އަޅާ ކޮއްޓަށް ގެންދިއުން
  • ބަދިގޭގައި އުފެދޭ ފަނާވާޒާތުގެ ކުނި ވަކިކުރުން ( މިތަކެތީގެ ތެރޭގައި ފަނާނުވާ ޒާތުގެ ކުނި ހުރެގެން ނުވާނެ އެވެ.)
  • ފަތާއި، ގަހުގެ ގޮފިތައް އަދި ލަކުޑި ވަކި ކުރުން
  • ފަރުނީޗަރާއި ގޮދަޑި ދޮންނަ މެޝިން އައިސް އަލަމާރި ފަދަ ބޮޑަތި ބާވަތްތައް ވަކިން ގެންދިއުން
  • ގައުކުނޑި އަދި ކޮންކްރީޓް ފަދަ ތަކެތި ވަކިން އެކަމަށް ޚާއްޞަ ސަރަޙައްދަށް ގެންދިއުން
  • ނެޕީފަދަ ތަކެތި ވަކި އެއްޗެއްގައި ވަކިން ގެންދިއުން

           އަދި ވަކިން ޚާއްޞަކޮށް ބަދިގޭގައި އުފެދޭ ފަނާވާ ޒާތުގެ ކުންޏާއި،ތަރުކާރީ، މޭވާ އަދި މަސް ފަދަ ކާބޯ ތަކެތީގެ ކުންޏާއި އެހެނިހެން ބާވަތްތަކުގެ ކުނި މައްސުނި ނުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން އެދެމެވެ. އަދި ރަށުގެ ހުރިހާ ގޭބިސީތަކާއި، ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ވިޔަފާރިތަކާއި ގެސްޓްހައުސްތަކުންވެސް ކުނީގެ ބާވަތްތައް ވަކިކޮށްފައި ބެހެއްޓުމަށް އާދަ ކުރެއްވުން އެދެމެވެ.

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

08 ޖަނަވަރީ 2026