ދިވެހިރާއްޖެ
1 - މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، ހއ. އުލިގަމު ރަށްވެހިގެއަށް ބަދަލުގެނައުމާއި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)245-MIM/245/2025/131 އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކުރަމެވެ.
2 - މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 2026 ޖަނަވަރީ 18ވަނަ ދުވަހުގެ 14:00ގެ ކުރިން ރަސްމީ ގަޑީގައި މި އިދާރާއަށް ހާޒިރުވެ ރަޖިސްޓްރީކުރުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކޮށްގެން ރަޖިސްޓްރީކުރުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/Vg6P1ME9kf
3 - މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026 ޖަނަވަރީ 18ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލު ކުރުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501005އަށް ގުޅުން އެދެމެވެ.
4 - ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2026 ޖަނަވަރީ 22ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
5 - ބީލަން ފޮތާއި ކުރެހުންތައް، އަދި މަސައްކަތާ ގުޅޭ އެހެނިހެން މައުލޫމާތު މި އިޢުލާނާއެކު ހިމަނާފައި ވާނެއެވެ.