ދިވެހިރާއްޖެ
(IUL)297-PS/297/2026/06ނަންބަރު
އިޢުލާން
މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
1 ފެބުރުވަރީ 2026 ން 31 ޑިސެންބަރު 2026ގެ ނިޔަލަށް މިއިދާރާއާއި މިއިދާރާގެ ދަށުން ހިންގާ ތަންތަނުގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ، އިދާރީގޮތުން ކުރާމަސައްކަތްތައް ކުރަމުންދާއިރު ދިމާވާ އިންފޮމޭޝަން، ޓެކްނޮލޮޖީ އަދި ކޮމިއުނިކޭޝަންސް އާއި ގުޅުން ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.
މި މަސައްކަތަށް އެދި ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
|
# |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
|
މަޢުލޫމާތު ސާފުކުރުން |
ނ.ވެލިދޫ ކައުންސިލް އިދާރާ |
އަންގާރަ |
13 ޖަނަވަރީ 2026 |
11:00 |
|
އަންދާސީހިސާބު ހުށަހެޅުން |
ނ.ވެލިދޫ ކައުންސިލް އިދާރާ |
ބުދަ |
21 ޖަނަވަރީ 2026 |
13:00 |
މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.