ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)278/278/2026/3
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 29 ޖަނަވަރީ 2026 13:30
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ނަރުދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

ދިރިއުޅުމަށްޓަކައި މި ރަށުން ބަންޑާރަގޯތި ދޫކުރުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ. މި ރަށުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2500 އަކަފޫޓްގެ 25 ގޯއްޗެވެ . މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މި ރަށުގެ ލޭންޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ފާހަގަކޮށްފައިވާ ސަރަޙައްދުންނެވެ. 

              ގޯއްޗަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 ޖަނަވަރީ 11 ވަނަ ދުވަހުން 2026 ޖަނަވަރީ 29 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 ން މެންދުރު 13:30 އާ ދެމެދު ށ.ނަރުދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ގޯއްޗަށް އެދޭ ފޯމް ލިބެން ހުންނާނީ މި ކައުންސިލް އިދާރާއިންނެވެ. 

 

އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ ލިޔުންތައް     

  1. މިލަދުންމަޑުލު އުތުރުބުރީ ށ. ނަރުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު-2025
  2. ގޯތި ދޫކުރާ ސަރަޙައްދު އެނގޭނޭ ޗާޓް
  3. ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް
  4. ލިބިފައިވާ ބޯހިޔާވަހިކަމެއް ދޫކޮށްލުމަށް ވެވޭ އެއްބަސްވުން ޖަދުވަލު 4 ، ތަރިކަ އިޤުރާރު ޖަދުވަލު 5 ( ބަންޑާރަ ގޯއްޗައް އެދޭ ފޯމުގައި)

 

            ވީމާ، މިރަށުން ގޯއްޗަށް އެދޭ ފަރާތްތަކުން މަތީގައިވާ ގޮތުގެމަތިން ގޯއްޗަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6540682  މި ނަންބަރަށް ގުޅުއްވުން އެދެމެވެ.

             މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

05 ޖަނަވަރީ 2026