ބީލަން
ނަންބަރު: (IUL)232-PR/232/2026/1
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:52
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަމުގެ މައުލޫމާތު ދިނުމާއި، ބީލަން ހެށަހެޅުމާއި ބީލަން ކެނޑުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލު އައުމާ ގުޅޭ
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (IUL)232-PR/232/2025/24 އިއުލާނާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ސެޝަން އަދި ބީލަން ހުށަހެޅުމާއި ބީލަން ކެނޑުމުގެ ތާރީޚަށް ވަނީ ތިރީގައި ދެންނެވިފައިވާ ގޮތަށް ބަދަލު ގެނެވިފައެވެ. އެހެންކަމުން މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
މަޢުލޫމާތު ދިނުން
- ބީލަމާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ޖެނުއަރީ 12 ވާ ހޯމަ ދުވަހުގެ 11:00 ގައި މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ / ކ. ތުލުސްދޫ ގައެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރި ހުރިހާ ފަރާތްތައް މިމައުލޫމާތު ސެޝަންގައި ބައިވެރިވުމަކީ ވަރަށް މުޙިއްމު ކަމެކެވެ.
ބީލަން ހެށަހެޅުމާއި ބީލަން ކެނޑުން
- ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން އޮންނާނީ 2026 ޖެނުއަރީ 20 ވާ އަންގާރަ ދުވަހުގެ 11:00 ގައި މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ކ. ތުލުސްދޫ ގައެވެ.
- ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
08 ޖަނަވަރީ 2026