މަސައްކަތް
ނަންބަރު: (IUL)GS-59-B/INDIV/2026/03
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި:
19 ޖަނަވަރީ 2026 10:00
ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްގެ ކްލާސްރޫމްތައް މަރާމާތުތައްކުރުން
ފުނަދޫ ސްކޫލް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ށ.ފުނަދޫ
ނަންބަރު: (IUL)GS-59-B/INDIV/2026/03
އިޢުލާން
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްގެ ކްލާސްރޫމްތައް މަރާމާތުތައްކުރުން
މައުލޫމާތު
މިސްކޫލްގެ ނަމްބަރ(IUL)GS-59-AD/INDIV/2025/61 އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ބިޑް ފޮތުގެ، ޕޮއިންޓްދޭ އުސޫލުގައި މަޢުލޫމާތެއް ހިމެނިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް 02 ވަނަ ފަހަރަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރަމެވެ.
- ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މިސްކޫލްގެ ކްލާސްރޫމުތަކާއި ސްކޫލް ހޯލް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއެވެ. މިބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ .
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 08 ޖެނުއަރ2026 ން 2026 ޖެނުއަރީ 13 ގެ 14:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/r6aVmg5FTU8V2oat7
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖެނުއަރީ 14 ވަނަ ދުވަހުގެކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖެނުއަރީ 19 ވަނަ ދުވަހުގެ 10:00 ގައި ފުނަދޫ ސްކޫލް އޮފީހުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުނަދޫ ސްކޫލް
ރެހެންދު މަގު، ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540540
އީ-މެއިލް: [email protected]
އީ-މެއިލް: [email protected]
19 ރަޖަބު 1447
08 ޖެނުއަރީ 2026
08 ޖަނަވަރީ 2026