މަސައްކަތް
ނަންބަރު: 137-IU/PR/2026/03
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 14 ޖަނަވަރީ 2026 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ ޖީއޯޓީއަށް ބޭނުންވާ އެސްއެސް ރެކްތައް ފެބްރިކޭޓް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

 

 

އިޢުލާން ނަމްބަރ:   137-IU/PR/2026/03

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/W-01

 

ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް ހޮސްޕިޓަލުގެ ޖީއޯޓީއަށް ބޭނުންވާ އެސްއެސް ރެކްތައް ފެބްރިކޭޓް ކޮށްދޭނެ ފަރާތެއް ހޯދުން

 

މިހޮސްޕިޓަލުގެ ޖީއޯޓީއަށް ބޭނުންވާ އެސްއެސް ރެކްތައް ފެބްރިކޭޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ސްޕެސިފިކޭޝަން ޝީޓް މިއިއުލާނާއެކު ހިމަނާފައިވާނެއެވެ.

#

Details

Qty

1

Rack 1 (Drawing attached)

03

2

Rack 2 (Drawing attached)

03

3

Rack 3 (Drawing attached)

06

4

Rack 4 (Drawing attached)

02

5

Rack 5 (Drawing attached)

02

 

 

1-    ބިޑްހުށަހަޅާފަރާތްތަކުންސަމާލުކަންދޭންވީކަންތައްތައް

  • ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މައުލޫމާތާއި  އެއްގޮތަށް، ޖީ.އެސް.ޓީ ހިމަނައިގެންނެވެ. އަދި ސަޕްލައިކޮށް ނިންމަން ކަނޑައަޅާ މުއްދަތު  ބަޔާންކުރަންވާނެއެވެ.
  • ކޯޓޭޝަން ހުށަހެޅުމުގައި މި ކަރުދާހާއެކު އެއްކަރުދާސްކުރެވިފައިވާ ސްޕެސިފިކޭޝަން ޝީޓްގައިވާ ތަކެއްޗަށް އަގު ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ. 

 

2-    ހުށަހަޅަންޖެހޭ ތަކެތި

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީ.އެސް.ޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
  • އިއުލާނުކުރި ތާރީހާ ހަމައަށް 01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް
  • ވޭތުވެ ދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތެއްކޮށްފައިވާ ކަމުގެ01 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ހުށަހެޅުން

3-   އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލް

  • ބީއޯކިއުގައި ބަޔާންކުރާގޮތަށް މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ.
  • އަގަށް އަދި މުއްދަތަށް މާކްސް ދެވޭނީ އެންމެ ކުޑަ އަގެއް އަދި މުއްދަތެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުނެވެ.

 

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

90

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

2

މުއްދަތު

10

އެންމެ ކުޑަ މުއްދަތެއް ހުށަހަޅާ ފަރާތަކަށް

 

ބީލަން ހުށަހަޅާނެގޮތް

ޕްރޮކިއުމެންޓް ޑިޕާރޓްމެންޓް / އައި.ޖީ.އެމް ހޮސްޕިޓަލް

އައި.ޖީ.އެމް ހޮސްޕިޓަލުގެ ޖީއޯޓީއަށް ބޭނުންވާ އެސްއެސް ރެކްތައް ފެބްރިކޭޓްކޮށް ސަޕްލައިކޮށްދިނުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.  

ބީލަން ހުށަހެޅުން

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 14 ޖަނަވަރީ 2026 ވަނަ ދުވަހުގެ 13:00 ގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ ޕްރޮކިއުމެންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޞިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

  1. 1.     ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޙިލާފް މައުލޫމާތު ހިމަނަފައިވުން.
  2. ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.
  3. މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
  4. ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.

ނޯޓު:

  1. ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.

https://www.igmh.gov.mv/publications/tenders/

  1. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

 

19 ރަޖަބް  1447

08 ޖަނަވަރީ 2026

08 ޖަނަވަރީ 2026