ބީލަން
ނަންބަރު: (IUL)401-E/401/2026/1
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 21 ޖަނަވަރީ 2026 13:30
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡްކޮށް ތަރާވީޙް ނަމާދުކުރުމަށް ގެނެވޭ ޙާފިޡުންގެ ހުރުމާއި، ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ތާރީޚް:

07 ޖަނަވަރީ 2026

ނަންބަރު:

(IUL)401-E/401/2026/1

18 ރަޖަބު 1447

އިޢުލާނުގެ ވަނަ:

01

1447 ވަނަ އަހަރުގެ ރަމަޟާންމަހުއިމާމުވެ ޙިފްޡްކޮށް ތަރާވީޙް ނަމާދުކުރުމަށް ގެނެވޭ ޙާފިޡުންގެ ހުރުމާއި، ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ 

1147 ވަނަ އަހަރުގެ ރަމަޞާންމަހު އިމާމުވެ ޙިފްޡްކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖެހިފައިވާ ޙާފިޡްންގެ ހުރުމާއި،ކެއުން ހަމަޖައްސައި ދޭނެ  ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ،މިކަން އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

  • މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ  -/150ރ އެވެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 14 ޖަނަވަރީ 2026 (ބުދަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.

-          ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް:https://forms.gle/f6WYYASHb9y6v7ih8

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 
  • އިތުރު މަޢުލޫމާތު admin@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 21 ޖަނަވަރީ 2026 (ބުދަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖަނަވަރީ 2026 (ބުދަ) ދުވަހުގެ 13:30ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
  • ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ފޮނަދޫ ކައުންސިލްގެ މީޓިންގރޫމް ގައެވެ.

 

 

 

 

 

 

 

 

 

 

 

07 ޖަނަވަރީ 2026