ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/1
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 22 ޖަނަވަރީ 2026 13:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނައަހަރަށް ވޭމަންޑޫ ޕްރީސްކޫލަށް ދަރިވަރުން ރަޖިސްޓްރީ ކުރުމާގުޅޭ

           2026 ވަނައަހަރަށް ވޭމަންޑޫ ޕްރީސްކޫލްގެ ނާސަރީ އަދި ބޭބީ ނާސަރީ ކުލާސްތަކަށް ދަރިވަރުން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން، ޕްރީސްކޫލަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 22 ޖަނަވަރީ 2026 ވާ ބުރާސްފަތ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ.

 

ކުދިން ރަޖިސްޓްރީ ކުރެވޭނެ އުމުރުފުރާގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

ކުލާސް

ޢުމުރުފުރާ

ބޭބީ ނާސަރީ

31 ޑިސެންބަރު 2025 ނިޔަލަށް 2 އަހަރާއި 6 މަސްވެފައިވާ ކުދިން

ނާސަރީ

31 ޑިސެންބަރު 2025 ނިޔަލަށް 3 އަހަރާއި 6 މަސްވެފައިވާ ކުދިން

    

           މިހެންވެ މިކަން އާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

    

            18 ރަޖަބު 1447

           07 ޖަނަވަރީ 2026

07 ޖަނަވަރީ 2026