ދިވެހިރާއްޖެ
މިކައުންސިލް އިދާރާގެ "ފުށިފަރު ދޯނި" (ރަޖިސްޓްރީ ނަންބަރ G3020A-02 03J) ގައި ކުރިން ބޭންކުރި އިންޖީން ސިޓީލާ ނީލަމުގައި ވިއްކައިލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުން އޮންނާނީ 2026 ޖެނުއަރީ 8 ން 19 ގެ 12:00ގެ ނިޔަލަށެވެ. އަގު ހުށަހަޅުއްވާނީ މި އިޢުލާނާ ހީރަސްކުރެވިފައިވާ ފޯމުން ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 12ގެ ކުރިންނެވެ. ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ12:00ގެ ނިޔަލަށް ހުށަހެޅިފައިވާ އެންމެ މަތީއަގު މި އިދާރާގެ ފޭސްބުކް ޕޭޖްގައާއި މިއިދާރާގެ ވެބްސައިޓްގައާއި މިއިދާރާގެ ނޯޓިސް ބޯޑުގައި ޝާއިޢުކުރެވޭނެއެވެ.
އިންޖީނު ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 3 ދުވަހު އެއް އަގެއް އޮތްނަމަ އެ އަގު ހުށަހެޅި ފަރާތެއްގެ ނަމުގައި ނީލަން ނިންމައިލެވޭނެއެވެ.
މުހިއްމު މައުލޫމާތު
- އިންޖީނުގެ މަޢްލޫމާތު:
|
އިންޖީނުގެ ބްރޭންޑް: |
DAEWOO, 6CH 200HP |
|
އުފެއްދި ތާރީޙު: |
2005 |
|
އިންޖީނާއެކު ހިމެނޭ އިތުރު ތަކެތި: |
ޝާފްޓް، ބުރަފަތި |
|
އިންޖީނު މިހާރު ހުރި ތަން: |
ވ. ފެލިދޫގައި |
- ނީލަމުގެ އަގުގެ މަޢްލޫމާތު:
|
ނީލަން ފެށޭ އަގު: |
130000.00 (އެއްލައްކަ ތިރީސްހާސް) ރުފިޔާ |
|
މަދުވެގެން ފަހަރަކު އިތުރުކުރެވޭނެ ޢަދަދު: |
5000.00 (ފަސްހާސް) ރުފިޔާ |
އަގު ހުށަހެޅުމުގައި ކައުންޓަރުން ފޯމް ބަލައިގަތުމުގެއިތުރުން އީމެއިލާއި ވައިބަރގެ ޒަރީއާއިން ފޮނުވާ ފޯމްވެސް ބަލައިގަނެވޭނެއެވެ.
- އީމެއިލް: [email protected]
- ވައިބަރ: 7949275
އިންޖީނު ބައްލަވައިލެއްވުމުގައި އެހީތެރިކަމެއް ބޭނުންވާނަމަ ނީލަމުގެ މުއްދަތުގައި ރަސްމީ ގަޑީގައި މިއިދާރާއާއި ގުޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރ 6700502އާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.