ދިވެހިރާއްޖެ
އިޢުލާން
ނީލަން ކިޔުމާއި ބެހޭ
މިމަރުކަޒުން ބައުވެގެންނާއި، ހަލާކުވެގެން ނެގިފައިވާ ތަކެތީ ނީލަން ކިޔުން 2026 ޖަނަވަރީ 16 ވަނަ ދުވަހުގެ 16:30 ގައި މިމަރުކަޒުގެ ގޯތިތެރޭގައި އޮންނާނެއެވެ. ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިޔަށް ޙާޟިރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. ނީލަމުގައި ކޮންމެ ފަހަރަކުވެސް މަދުވެގެން އިތުރުކުރެވޭނީ 5.00 ރުފިޔާ އެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 24 ގަޑިއިރު ތެރޭގައި ތަކެތި ގެންދެވުމަށާއި، ނީލަމުން ނަންގަވާ ތަކެތީގެ އަގު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި މިމަރުކަޒަށް ދުރުވެ ރިސެޕްޝަން ކައުންޓަރަށް ފައިސާ ދައްކަވައި ނިންމަވަން ވާނެކަމުގައި ދަންނަވަމެވެ. އަދި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވާ ފަރާތްތަކާއި މެދުގައި ޤާނޫނުގައި އޮންނަ އުސޫލުން އަމަލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7927911 އާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އުޢުލާނު ކުރީމެވެ.