ދިވެހިރާއްޖެ
ނަންބަރ: A/IUL/344/2026/1
އިޢުލާން
2026 ވަނަ އަހަރު އއ. ފެރިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ
2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް އއ. ފެރިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. 2026 ވަނަ ދިރާސީ އަހަރު ޕްރީސްކޫލަށް ކުދިން ވައްދަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު، މި ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް ރަސްމީގަޑީގައި މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއި އެއްކަރުދާސް ކުރެވި ޑައުންލޯޑް ކުރެވެންހުންނާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ބޭބީނާރސަރީ އަދި ނާރސަރީއަށް ވައްދާނީ 2025 ޑިސެމްބަރ 31 އަށް އަށް ތިރީގައިވާ ތާވަލުގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.
|
ގްރޭޑް |
2026 ވަނަ އަހަރަށް ގްރޭޑަށް ވަދެވޭ އުމުރުފުރާ |
|
ބޭބީ ނާރސަރީ |
2025 ޑިސެމްބަރ 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރުން |
|
ނާރސަރީ |
2025 ޑިސެމްބަރ 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރުން |
ފޯމާއި އެކު ހުށައަޅުއްވަން ޖެހޭ ލިޔުންތައް:
- ކުއްޖާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީ
- ބެލެނިވެރިޔާ ގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ
- ޚާއްޞައެހީތެރިކަމަށް ބޭނުންވާ ކުއްޖެއްނަމަ، އެކަމުގެ މަޢުލޫމާތު ބަޔާންކޮށް ބެލެނިވެރިޔާގެ ސިޓީ
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.