ބީލަން
ނަންބަރު: GS-993/IUL/2026/01
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި:
12 ޖަނަވަރީ 2026 14:00
ދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޫލް ސުކޫލް ޕްރޮޖެކްޓެގެ ދަށުން ސުކޫލް ގެ ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ކުރަންހުރި މަރާމާތުތަށް
ކޫލް ސުކޫލް ޕްރޮޖެކްޓެގެ ދަށުން ސުކޫލް ގެ ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ކުރަންހުރި މަރާމާތުތަށް ކުރުމަށްބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ޖެނުއަރީ 12 ވަނަ ދުވަހުގެ 14:00 ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް [email protected] އީމެއިލްއަށް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ދިނުން އޮންނާނީ 08 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދިއްފުށީ ސްކޫލްގައެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖެނުއަރީ 12 ވަނަ ދުވަހުގެ13:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖެނުއަރީ 13 ވަނަ ދުވަހުގެ 11:00 ގައިދިއްފުށީ ސުކޫލްގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
7 ޕްރޮކިއުމަންޓް ސެކްޝަން
ދިއްފުށި ސްކޫލް
ކ.ދިއްފުށި
ފޯން: 6640522
އީ-މެއިލް:[email protected]
06 ޖަނަވަރީ 2026