ދިވެހިރާއްޖެ
ރ. ކިނޮޅަހު އޯޝަންވިލާ ޙާމިދު އިސްމާޢިލް ރ. އަތޮޅުގެ ކޮށްމެ ރަށަކުން އެއްބޭފުޅަކަށް ދެއްވާ ޙައްޖު ދަތުރުގައި ބައިވެރިވުމަށް ބޭނުންވެލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ހައްޖު ދަތުރަށް އެދި ހުށައެޅޭނީ 2026 ޖެނުއަރީ 14 ށް މީލާދީގޮތުން އުމުރުން 40 (ސާޅިސް) އަހަރު ފުރޭ ފަރުޟު ހައްޖެއް މިހާތަނަށް ނުވާ މިރަށުގެ ރައްޔިތުންނަށެވެ.
ވީމާ ، މިކަމަށް އެދި 2026 ޖަނަވަރީ 14 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ސިޓީއަކުން އައިޑީކާޑުގެ ކޮޕީއަކާއިއެކު ހުށައެޅުއްވުން އެދެމެވެ. ސިޓީ ފޯމެޓް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައްޖު ދަތުރު ލިބޭ ފަރާތެއް ހޮވާނީ ގުރުއަތުންނެވެ. ގުރުއަތު ނެގުން އޮންނާނީ 2026 ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ 13:15 ގައި މާނާބާރުނަ މާލަމްގައެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.