ދިވެހިރާއްޖެ
(IUL)38-AB/38/2026/3 :ނަންބަރު
އިޢުލާން
ޕްލާސްޓިކް ލައިނަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މި ކޮމިޝަނުން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް، ޕްލާސްޓިކް ލައިނަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު 239 (IUL)38-AB/38/2025/އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތައް ފުރިހަމަނުވާތީ، މި ބީލަން ބާޠިލުކޮށް މިތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާނުކުރަމެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުޅުވުން އޮންނާނީ 13 ޖެނުއަރީ 2026 ވާ އަންގާރަ ދުވަހުގެ 14:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 12 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުގެ 14:30ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.