ކުއްޔަށް ހިފުން
ނަންބަރު: (IUL)196-C/1/2026/2
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 12 ޖަނަވަރީ 2026 11:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް އައްޑޫ ސިޓީގައި މިއޮފީހުގެ އެއްގަމު ދަތުރުތައް 04 (ހަތަރެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެވެ.

މިއޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް އައްޑޫ ސިޓީގައި މިއޮފީހުގެ އެއްގަމު ދަތުރުތައް 04 (ހަތަރެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެވެ.

  • ބީލަމުގައި ރެޖިސްޓަރީވުން: 11 ޖަނަވަރީ 2026، 10:00 ގެ ކުރިން
  • ބީލަން ހުށަހެޅުމާއި ހުޅުވުން: 12 ޖަނަވަރީ 2026، 11:00 އަށް
  • ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރެޖިސްޓަރީވުން އެދެމެވެ.

ލިންކް: https://forms.office.com/r/T545UzECNa

 

ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 2026 ޖަނަވަރީ 12 ވަނަ ދުވަހުގެ 11:00 އަށް މިއޮފީހަށް (މި އޮފީހުގެ އައްޑޫ ގޮފި) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެވެ.

 

15 ރަޖަބު 1447

04 ޖަނަވަރީ 2026