ކުއްޔަށް ދިނުން
ނަންބަރު: (IUL)386-ESMS/386/2025/123
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 13 ޖަނަވަރީ 2026 10:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކެއްކުމާއި ލޮނުމަހުގެ މަސައްކަތް ކުރުމަށް ކުއްޔަށް 2 ނަންބަރު ބިން ދޫކުރުން

އިޢުލާނު

މަސްކެއްކުމާއި ލޮނުމަހުގެ މަސައްކަތް ކުރުމަށް ކުއްޔަށް 2 ނަންބަރު ބިން ދޫކުރުން

މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާ ކުރެހުމުގައި ފާހަގަ ކޮށްފައިވާ 2 ނަންބަރު ބިން، މަހަކު އަކަފޫޓަކަށް 15/- (ފަނަރަ) ލާރިއަށް ވުރެ ކުޑަނުވާގޮތަށް ކުއްޔަށް ދޫކުރަން ބޭނުންވާތީ، މިކަމަށް ޝަޢުޤްވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 8 ޖެނުވަރީ 2026 ވަނަ ދުވަހުގެ 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 8 ޖެނުވަރީ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން: 6780715

އީމެއިލް އައިޑީ: [email protected]

ބީލަން ހުޅުވުން އޮންނާނީ 13 ޖެނުވަރީ 2026 ވަނަ ދުވަހުގެ 11:30 ގައި މި އަދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ މިކަން ޢާންމުކޮށް އަންގާ އިއުލާން ކުރީމެވެ. 

       15 ރަޖަބު 1447        

04 ޖެނުވަރީ 2026

04 ޖަނަވަރީ 2026