ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)257/257/2026/2
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 12 ޖަނަވަރީ 2026 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( މަސައްކަތު ޕޫލް – ވޭޖް އެމްޕްލޯއިމަންޓް)

      މި ރަށުގައި ހުރި މިސްކިތްތަކުގެ މަސައްކަތު މަވުއްޒަފުން ސަލާމް ބުނުމާއި، އަހަރީ ޗުއްޓީ އާއި އާއިލީ ޒިންމާ ޗުއްޓީ އަދި އެހެނިހެން ޗުއްޓީ ނެގުމުން ވޭޖް އުޞޫލުން މިސްކިތްތަކުގައި މަސައްކަތް ކުރުމަށް އެކުލަވާލެވޭ ޕޫލަށް މީހުން ނެގުމަށް ބޭނުންވެއެވެ.

މަޤާމު:

ކައުންސިލް އެސިސްޓެންޓް (ވޭޖް އެމްޕްލޯއިމަންޓް)

ބޭނުންވާ އަދަދު:

05 (ފަހެއް)

މަޤާމުގެ ގިންތި:

ވަގުތީ

ބޭނުންވާ މުއްދަތު:

01 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާ

އުޖޫރަ:

މަސައްކަތް ކުރާ ގަޑިއަކަށް 45.00 ރުފިޔާ (ސާޅީސް ފަސް) ރުފިޔާ

އެހެނިހެން އެލަވަންސް:

-          ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން ނަންގަވާ މުވައްޒަފުންނަށް މަސައްކަތްކުރާ ގަޑިއަކަށް ކަނޑައެޅިފައިވާ ރޭޓުގެ އިތުރުން އެއްވެސް އެލަވަންސެއް ހަމަޖެހިފައެއް ނުވެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1.  ކޮންމެ ދުވަހަކު މިސްކިތުގައި 05 ގަޑިއިރު ހޭދަކުރުން.( ކޮންމެ ނަމާދަކަށް 30 މިނިޓް، އަދި މިސްކިތުގެ ގޯތިތެރެއާއި، މިސްކިތް ފޮޅާ  ސާފުކުރުމަށް  02.30 ގަޑި ތިރީސް މިނިޓް ހޭދަކުރުން.

 ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް، ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި އިމާމު/މުދިމް އަންގާގޮތެއްގެ މަތީން މަސައްކަތްކުރުން.

  1. ކައުންސިލް އިދާރާއިން އިންތިޒާމް ކުރާގޮތެއްގެމަތީން ކޮންމެދުވަހަކުވެސް މިސްކިތުގެ އެތެރެ ކަހާ، މޮޕްލުމާއި، ކުޑަދޮރާއި، ބޮޑުދޮރާއި، ކަބަޑުތަކުގެ ބިއްލޫރިތައް ފުހެ ސާފުކުރުން.
  2. ފާޚާނާއާއި، އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ރަނގަޅަށް ދޮވެ ސާފުކޮށް ބެލެހެއްޓުން.
  3. ކާޕެޓް އަޅާފައިވާ މިސްކިތެއްނަމަ ކޮންމެދުވަހަކުވެސް ކާޕެޓް ވެކިއުމް ކުރުން.
  4.  މިސްކިތުގެ ގޯތިތެރޭގައި ހުރި ހިނަވާގެ އާއި  ބޯފެން އެޅުމަށް ބެހެއްޓިފައިހުރި ކަޅުހަންތައް ދޮވެ
  5.  ސާފުކުރުމާއި، ބޯފެން އެޅުމަށްޓަކާ، ބެހެއްޓިފައިހުރި ކަޅުހަންތަކަށް އެޅޭ ފެން ރައްކާތެރި ސާފު، އަދި މީހުން ބޯން އެކަށީގެންވާ ފެންކަމުގާ ކަށަވަރުކުރުން.
  6.  މިސްކިތާއި، މިސްކިތުގެ ފުރާޅާއި،ދިޔަދޮވި އަބަދުވެސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާއި އޭސީތަކުގެ ފިލްޓަރ ދޮވެ ސާފުކުރުން.
  7. މިސްކިތުގެ ފަންކާތައް ފުހެ ސާފުކުރުމާއި، ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން ލައިޓުތައް ދިއްލުމާއި،ފަންކާތައްޖެހުމާއި، އޭސީ އޮންކުރުމާއި އަދި ނަމާދުގެ ޖަމާޢަތް ނިމުމުން މީހުން ނެތް ދިމަ ދިމާލުގައި ޖަހާފައި ހުންނަ ފަންކާ އާއި ދިއްލާފައި ހުންނަ ލައިޓުތައް ނިވާލުމާއި އޭސީތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ނިވާލުން.
  8. މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތަކުގެ މިސްކިތާއިވީ ފަޅި ކުނިކެހުމާއި ވިނަނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތްކުރުން(މީގެތެރޭގައި މިސްކިތުގެ ގޯތިތެރޭގައި އޮންނަ ގަބުރުސްތާނުތައް ނުހިމެނެއެވެ).ކުނި އުކާލަންވާނީ ކައުންސިލުން ކުނި ނައްތާލުމަށް އެކުލަވާލާފައިވާ އުޞޫލާއި އެއްގޮތަށެވެ.
  9. މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދުމަށް ޚާއްޞަކުރެވިފައިވާ ބައިގާ ގަސްއިންދާ ފެންދީ ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަޅާ އެކިބާވަތުގެ ގަސްތައް ރީތިކޮށް ކޮށުމާއި، ބޮލުގައި ޖެހޭ ވަރަށް ހުންނަ އޮފިތައް 8 ފޫޓަށްވުރެ ތިރި ނުވާނެހެން ކޮށުމާއި، ވިނަތައް ނޮޅާ ސާފުކޮށް ބެލެހެއްޓުން.
  10.  މިސްކިތައް ލިބެމުންދާ ގެއްލުންތައް ޤަވަޢިދުން އިމާމް/ މުދިމަށާއި، ބާރަށު ކައުންސިލް އިދަރާއަށް އެކަމެއް ހިނގާ ވަގުތުން ފެށިގެން ދުވަހުން ދުވަހަށް އެންގުމާއި ކުރެވޭ ކުދި ކަންކަން ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުރުން.
  11. ކައުންސިލް އިދަރާއިން އިންތިޒާމިކުރާ ގޮތެއްގެ މަތީން ކޮންމެ ނަމާދެއްގެ 15 މިނިޓުކުރިން މިސްކިތައް ގޮސް މިސްކިތުގެ ހާޒިރީގައި ސޮއިކުރުމަށްފަހު ކައުންސިލް އިދާރާއިން ކަނޑައަޅާ  މިސްކިތެއްގެ އިމާމު/ މުދިމް  އަންގާގޮތެއްގާ މަސައްކަތްކުރުން.
  12. މިސްކިތުގެ ޙުރުމަތް ކެނޑޭފަދަ އަމަލެއް ނުވަތަ އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލެއް މިސްކިތާއި މިސްކިތުގެ ގޯތިތެރޭގެ ސަރަހައްދުގެ ތެރޭގައި ނުހިންގުން.
  13. 14- މިސްކިތުގެ ވަޅާއި، ވަޅުގެ ފެންގަނޑު ހަޑިވެފައިވާ ކޮންމެފަހަރަކު ވަޅު ސާފުކުރުމާއި، ވަޅުގެ ފެންގަނޑު ހިއްކާ، ވަޅާޢި، ވަޅުގެ ފެންގަނޑު ސާފުކޮށް ބެލެހެއްޓުން.
  14. 15. މިސްކިތައް މަސައްކަތު ނުކުންނަން ނުޖެހޭ ދުވަސްތަކުގެ ތެރެއިން، ދުވަހެއްގާ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ކައުންސިލުން ހަވާލުކުރާ މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން އެނގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި،ރިސެޕްޝަނުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އިންޓަވިއު

40

ނޯޓު: މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70% (ހަތްދިހަ އިންސައްތަ ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޖެނުއަރީ 2026 ވަނަ ދުވަހުގެ 13.00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް އެޑްރެސް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (15 ޖެނުއަރީ 2026) އާއި (30 ޖެނުއަރީ 2026) އާއި ދެމެދު، ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6500170) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

                     15  ރަޖަބު  1447

04 ޖަނަވަރީ 2026