|
މަޤާމު:
|
ހެލްތް ކެއަރ އެޓެންޑެންޓް
|
|
މަޤާމް ގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ނަންބަރު:
|
J-434418, J-434419, J-434420, J-434421
|
|
މަޤާމުގެ ރޭންކް:
|
ރޭންކް 1، ސްޓްޕް 1
|
|
ބޭނުންވާ އަދަދު:
|
04 (ހަތަރެއް)
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ހުޅުމާލެ ހޮސްޕިޓަލް، ޑަޔަލިސިސް ސެންޓަރ
|
|
މުސާރަ:
|
މަހަކު -/8255 ރުފިޔާ
|
|
މަގާމުގެ އެލަވަންސް:
|
މަހަކު -/2475 ރުފިޔާ
|
|
ހާޒިރީ އިނާޔަތް:
|
-/65 ރުފިޔާ (މަސައްކަތަށް ނުކުންނަ ދުވަހަކަށް)
|
|
އިތުރު އިނާޔަތްތައް
|
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (1 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- އައުޓްސޯސް ކޮށްގެން ހޮސްޕިޓަލް ސާފުކުރުމަށް ޙަވާލުވެފައިވާ ފަރާތުން ހޮސްޕިޓަލުގެ އެތެރެއާއި ހޮސްޕިޓަލުގެ ގޯތިތެރެ އަދި ފާޚާނާ ތަކާއި، ޑޮކްޓަރުންގެ ކޮޓަރިތައް ސާފުކުރާގޮތް ޗެކްކޮށް، އެމީހުން ސާފުކުރާ ގަޑިތަކުގައި ޑިއުޓީގައި ހުރި މުވައްޒަފަކު އެތަނަށްގޮސް ސާފުކުރަނީ ރަގަޅަށްތޯބެލުމާއި، އަދި އެތަން ތަނުގައި ހުންނަ ލައިޓް ތަކާއި އެހެނިން ތަކެތި ހުރީ ރަގަޅައްތޯ ބަލާ ޗެކުކޮށް ހަލާކުވެފައި އެއްޗެއް ހުރިނަމައެކަން ސުޕަވައިޒަރަށް ރިޕޯޓްކުރުން.
- ޑޮކްޓަރުންގެ ކޮޓަރި ތަކުގެ މޭޒު އަދި ޓްރޭފަދަ ތަކެތި ފޮހެ ސާފުކޮށް ޑޮކްޓަރުންގެ ކޮޓަރީގައި ހުންނަ ބެޑުތަކުގައި ބެޑު އެޅުން
- ހޮސްޕިޓަލްގެ އެތެރެއާއި ހޮސްޕިޓަލްގެ ގޯތިތެރޭގެ ސާފުތާހިރުކަން ބެލެހެއްޓުން. އެގޮތުން ފާޚާނާތަކާއި ޑޮކްޓަރުންގެ ކޮޓަރިތައް ހަޑިވެފައި ހުރިނަމަ ސާފުކުރުން.
- ހޮސްޕިޓަލުގެ އެތެރޭގައި ހުންނަ ޕޭޝަންޓް ފާޚާނާ އާއި މުވައްޒަފުންގެ ފާޚާނާ ތަކަށް ސައިބޯނި ފުޅި ހުސްވުމުން ސައިބޯނި ފުޅި ލުމާއި، އަދި ހޮސްޕިޓަލުގެ އެކި އޭރިޔާ ތަކުގައި ސްޓެރީލިއަމް ފުޅި ހަރުކޮށްފައި ހުންނަ ތަންތަނުގައި ސްޓެރީލިއަމް ފުޅިހުސްވެފަހުރިތޯ ބަލާ ޗެކުކޮށް ، ހުސްވުމުން ހުސްވެފައި ހުރި ތަންތަނަށް އާސްޓެރީލިއަމް ފުޅިބަދަލުކުރުކުރުން.
- ތިންބުރި އިމާރާތުގައި ހުންނަ ލޮލުގެ ކްލިނިކް އާއި ސްޕީޗް ތެރަޕީ ރޫމް ފޮހެ ސާފުކުރުމާއި އެރޫމް ތަކުގައި ހުރި މޭޒު، ގޮނޑި، އެނދުތަކާއި މެޝިންތައް ފޮހެ ސާފު ކުރުމާ ބެޑްއެޅުން ،އަދި ދެވަނަ ފަންގިފިލާގެ ޕްރައިވެޓް ކޮޓަރިތައް ހުންނަ އޭރިޔާ ސާފުކުރުވުން.
- ހޮސްޕިޓަލުގެ އެކަމަޑޭޝަން ފުލެޓްތައް ހުސްވުމުން އެތަން ސާފުކުރުވާ، ހުސްވާ ފްލެޓްތަކަށް އަލަށް އަންނަޑޮކްޓަރުންނަށް ބޭނުންވާ ތަކެތި އެޑްމިންސްޓްރޭޝަން އޮފީހުގެ ލާފާގެ މަތިން ސުޕަވައިޒަރާ މަޝްވަރާކޮށްގެން، ހަމަކޮށްދީ ތަންތައްޔާރުކުރުން.
- ހޮސްޕިޓަލުގެ އެޑްމިންސްޓްރޭޝަން އޮފީސް،އަދި އެތަނުގެ މީޓީންގ ރޫމްތައް ހަމަޖެހިފައިވާ އުޞޫލުގެ މަތީން ސާފުކުރުވުމާއި، އަދި މޭޒު ،ގޮނޑި، ފަދަ ތަކެތި ފޮހެ ސާފުކޮށް، އެތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން.
- ހޮސްޕިޓަލުގެ ފަރާތުން ރާވާ ނުވަތަ ބައިވެރިވާ އެކިއެކި ބައްދަލުވުންތަކާއި، އިވެންޓްތަކުގެ އިންތިޒާމް އަންގާ ގޮތެއްގެ މަތީން ހަމަޖެއްސުން.
- ޑިޕާޓްމަންޓްގައި ބޭނުންކުރާ މެޝިނަރީޒް އާއި އެހެނިހެން ތަކެތި އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނައުން
- އެނދުމަތި ކުރެވިފައިތިބޭ ބަލިމީހުން ސްޓްރެޗަރ އަށް އަރުވާ، ސްކޭންކޮށް އަދި އެކްސްރޭ ނެގުމަށް ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ދިނުން
- ބަލިމީހުންނަށާއި ޑޮކްޓަރުންނަށް އަދި ނަރުހުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
- ވޯޑުތަކުގަޔާއި ބޭސްއަޅައިދޭ ކޮޓަރި ފަދަ ތަންތަނުގައި ބޭނުންކުރެވޭ އާލާތްތައް އޮޓޯކްލޭވް ކުރުމަށް ގެންގޮސް ގެނައުން
- ޞިއްޙީ ކުއްލި އިމަޖެންސީތަކާއި ޕެންޑަމިކް އަދި ހާދިސާތަކުގައި އަމަލީ ގޮތުން ބައިވެރިވުން، ލެބޯޓްރީގައި ބޭނުންކުރާ ތަކެތި ދޮވެ ސާފުކުރުން އަދި ޓެސްޓްތަކުގެ ނަތީޖާ ވޯޑުތަކަށް ގެންދިއުން ލެބޯޓްރީ ސާމްޕަލް އައި.ޖީ.އެމް.އެޗް އަށް ގެންދިއުން
- ވޯޑުގައި ހުންނަ ބަލިމީހުންނަށް ބޭނުންކުރާ އާލާތްތައް ދޮވެ ސާފުކުރުމާއި ވޯޑްތެރެ ސާފުކޮށް ބެލެހެއްޓުން
- ހޮސްޕިޓަލުގައި ގެންގުޅޭ ލޯންޑްރީން ދޮންނަންޖެހޭ ތަކެތި ލޯންޑްރީއަށް ގެނައުމުން އެތަކެތި ދޮންނަންވާ ފެންވަރުތަކާއި ސައިޒްތަކަށް ބައިކުރުން. ދޮވުމަށްޓަކާ އެކިވައްތަރު ހުރިނަމަ އެތަކެތި ވަކިކުރުން. (ކުލައެއްޗާއި ހުދު އަދި ރަބަރޝީޓް ވަކިކުރުން.) ލެއާއި ނަޖިސް ޖެހިފައި ހުންނަތަކެތި ވަކިކުރުން. އަދިބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި ވަކިކުރުން.
- ވޯރޑްތަކުންގެންނަތަކެތި ލޯންޑްރީ ރިސިޓްގައި ލިޔެގެން ގެންނަ ޢަދަދަށް ހުރިތޯބެލުމާއި އެޢަދަދަށް ތަކެތިހުރިނަމަ އެތަކެތި ބަލައިގަނެ އެތަކެތި ގެނައި ގަޑއާއި ތާރީޚް އަދި ބަލައިގަތްފަރާތުގެ ނަންޖެހުން. އިތުރުމައްސަލައެއް ފާހަގަ ކުރެވޭނަމަ ޑިއުޓީ ސްޕަރވައިޒަރަށް އެންގުން.
- ބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި އެޅުމަށް ޚާއްޞަ ކުރެވިފައިވާ ޓޭންކްތަކަށް ކަޑައެޅިފައިވާ މިންގަޑަށް ފެނާއި ކެމިކަލްސް އެޅުމަށްފަހު ވަގުތު ހަމަވަންދެން ބެހެއްޓުން
- ލޯންޑްރީގެ މެޝިންތަކަށް ތަކެތިއެޅުމުގައި އެމެޝިނަކަށް ކަނޑައެޅިފައިވާ މިންގަޑަށްވުރެ އިތުރު ނުވާނެހެން ތަކެތި އަޅައިގެން ދޮވުމާއި އެތަކެތި ދޮވުމަށް ކަޑައެޅިފައިވާ ގަޑި ހަމަވަންދެން ދޮވުން. އަދި މެޝިނަށް އެކި ކެމިކަލްސް އަޅަން ކަޑައެޅޭ ގަޑިތކުގައި އެޑިއުޓީގެ ސްޕަރވައިޒަރެއްގެ އިރުޝާދުގެ ދަށުން ކެމިކަލްސް އެޅުން.
- އެއްވެސް މެޝެނެއްގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިފައިވާނަމަ ޑިއުޓީ ސްޕަރވައިޒަރަށް އެންގުން. އަދި ޑިއުޓީނިމުމުގެ ކުރިން ސްޕަރވައިޒަރެއްގެ އިރުޝާދުގެ މަތިން ބަޔޯހަޒާރޑް ޓޭންކުތަކާއި މެޝިންތަކާއި ދޮންނައޭރިޔާ ސާފުކޮށް މޮޕްކުރުން.
- ދޮވެނިމިގެން ގެންނަތަކެތި ހިއްކާމެޝިންތަކަށް އެމެޝިނަކަށް އެޅުމަށް ކަނޑައެޅިފައިވާ މިންވަރަށް ޑިއުޓީ ސްޕަރވައިޒަރުގެ އިރުޝާދުގެ މަތިން ތަކެތި އަޅައިގެން ހިއްކުން. މެޝިނަށް ތަކެތި އަޅަމުންދާއިރު ލަށް ނުފިލާހުންނަތަކެތި ފާހަގަކޮށް އެތަކެތި ނެގުން.ހިއްކާ މެޝިނުގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވޭނަމަ ވީހާވެސް އަވަހަކަށް ޑިއުޓީ ސްޕަރވައިޒަރަށް އެކަން އެންގުން.
- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.
|
|
މަޤާމުގެ ޝަރުތު
|
1. ލިޔަން ކިޔަން އެގުން،
ނުވަތަ
2. މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
|
ކްލީނިންގ އެންޑް ލޯންޑްރީ
ފޮޅާ ސާފުކުރުން
ޕޭޝަންޓް ކެއަރ ސަރވިސް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
- (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
އަސާސީ ޝަރުތު ހަމަވުމުން
|
50
|
|
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް
|
5
|
|
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
|
އިންޓަރވިއު
|
40
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2025 ޖަނަވަރީ 15 އާއި 2026 ޖަނަވަރީ 30 އާ ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.
|
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|