ކުއްޔަށް ހިފުން
ނަންބަރު: GS-168/IUL/2015/24
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 02 ޑިސެންބަރު 2015 13:00
ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

ގެއެއް ކުއްޔަށް ހިފުން:

2016ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު GS168/2015/20 އާ ގުޅިގެން އެކަމަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ގޮތަށް ގެއެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާނު ކުރަމެވެ.

  • 2 ނިދާކޮޓަރި (ފަރުނީޗަރާއި ފާޚާނާ ހުރި)
  • ސިޓިންގރޫމް (ފަރުނީޗަރާއެކު)
  • ބަދިގެ (ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
  • ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް އަދި ވަކި މީޓަރެއް ލެވިފައިވުން. އަދި ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
  • ގޭތެރޭގެ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން

މިކަމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި ސްކޫލް އޮފީހަށް ވަޑައިގެން އެ މަޢުލޫމާތެއް ސާފުކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، ގޭގެ ކަރަންޓު ބިލާއި، ކޭބަލްޓީވީގެ ބިލް ގޭގެ ވެރިފަރާތުން އަދާކުރައްވާގޮތަށް މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން، ކުއްޔަށް ދެއްވާ ތަނުގެ ގޯތީގެ ބޮޑުމިނާއި ޢިމާރާތުގެ މިންތައް އެނގޭނެ ޢިމާރާތުގެ ކުރެހުމަކާއި، ގޯތީގެ ރަޖިސްޓަރީގެ ކޮޕީއަކާއެކު ތަނުގެ ކުލި އެނގޭނޭގޮތުން، 02 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މި ސްކޫލަށް ސިޓީ ހުށަހެޅުއްވުން އެދި މިކަން ޢާންމުކޮށް އިޢުލާނު ކުރަމެވެ.

18 ނޮވެންބަރު 2015