ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-VDS/1/2025/152
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 17:43
ސުންގަޑި:
01 ޖަނަވަރީ 2026 00:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަތުރުވެރިން ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ތަކެތި ކްލިއަރ ކުރުމަށް އޮންލައިން "ސިމްޕްލިފައިޑް ޑިކްލަރޭޝަން" ތަޢާރަފްކުރުން:
ރާއްޖެއިން ބޭރުން އަންނަ ދަތުރުވެރިން ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ތަކެތި އަވަހަށް ކްލިއަރ ކުރުމަށްޓަކައި ފަރުމާކޮށްފައިވާ އޮންލައިން ސިމްޕްލިފައިޑް ޑިކްލަރޭޝަން، 31 ޑިސެންބަރު 2025 ދުވަހު ވަނީ ރަސްމީކޮށް ތަޢާރަފްކޮށްފައެވެ.
ވީމާ، 01 ޖެނުއަރީ 2026 ދުވަހުން ފެށިގެން، ދަތުރުވެރިން ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ތަކެތި ކްލިއަރ ކުރުމަށްޓަކައި އޮންލައިން "ސިމްޕްލިފައިޑް ޑިކްލަރޭޝަން" ހުށަހޭޅޭ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މި ޑިކްލަރޭޝަން ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިން ކަސްޓަމްސްގެ ވެބްސައިޓުން (www.customs.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
31 ޑިސެންބަރު 2025