ޢާންމު މަޢުލޫމާތު
ނަންބަރު: 134-HR/I/2025/250
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 04 ޖަނަވަރީ 2026 00:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ

މި އިޢުލާންވަނީ 31 ޑިސެންބަރު 2025 16:47 ގައި ބާތިލް ކުރެވިފައެވެ.


ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ލޭބަރ

ބޭނުންވާ ޢަދަދު

    1

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް ، 1 އަހަރު ދުވަހުގު މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފުވައްމުލައް އައިސް ޕްލާންޓް

އަސާސީ މުސާރަ:

3100.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް:1860.00 ރުފިޔާ ( އަސާސީ މުސާރައިގެ %60)

މިނިމަމްވޭޖް އެލަވަންސް: 3441.00 ރުފިޔާ 

ފުޑް އެލަވަންސް: 1800.00 ރުފިޔާ ( ދުވާލަކަށް 60 ރުފިޔާ)

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

 ލިޔަން ކިޔަން ދަތުމާއި ، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން  ސާބިތު  ކޮށްދިނުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

އައިސްޕްލާންޓްގެ އިސްވެރިޔާ އަންގާ ގޮތަށް މަސައްކަތްކުރުން.

މަސައްކަތު ގަޑީގައި ޖަނަރޭޓަރާއި ޕްލާންޓް ބެލެހެއްޓުމާއި، ވަގުތުން ވަގުތަށް ނަގަންޖެހޭ ރީޑިންގްސް ނަގާ ރިކޯޑްކުރުން.

ޕްލާންޓް ހިންގުމުގައި ދިމާވާ ކޮންމެ މައްސަލައެއް ވީހާވެސް އަވަހަކަށް އައިސްޕްލާންޓް ހިންގުމާ ހަވާލުވެހުރި ފަރާތަށް ރިޕޯޓުކުރަންވާނެއެވެ.

އައިސް ހަދާއިރު ނުވަތަ ޕްލާންޓް ހިންގާފައި ހުންނައިރު، ކޮންޓެއިނަރަށް އައިސް ފަތުރާނީ އެންމެ އެކަށީގެންވާ ގޮތަށް ސަމާލުކަމާއެކުގައެވެ.

ހެނދުނު ޑިއުޓީގައި ކަޓަރާއި ކާޓް ދޮވެ ސާފުކުރުން.

އައިސް އެޅުމަށްފަހު ކާޓްތައް ތަރުތީބުކޮށް ބެހެއްޓުން.

މުހިންމު ނޫން ހުރިހާ ދޮންކެލިތަކެއް ނިއްވާލުމާއި، ހެނދުނު ބޭރުގައި ހުންނަ ހުރިހާ ދޮންކެލިތަކެއް ނިއްވާލުން.

ކަނޑައަޅާފައިވާ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ/ ޖޮބް އެޕްލިކޭޝަންސް ފޯމް

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

-  ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

-  ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 04 ޖެނުއަރީ 2026 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

-  މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

 

31 ޑިސެންބަރު 2025